މަސައްކަތް
ނަންބަރު: (IUL)23-AP/23/2022/276
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 14 ޖޫން 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދޭމައުލޫމާތާއި އެއްގޮތަށް 05 ވީޑިއޯ (ލައިވް އެކްޝަން އާއި އެނިމޭޝަން ހިމެނޭ ގޮތަށް 5-7 މިނިޓް އާއި ދޭތެރޭ) ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދޭމައުލޫމާތާއި އެއްގޮތަށް 05 ވީޑިއޯ (ލައިވް އެކްޝަން އާއި އެނިމޭޝަން ހިމެނޭ ގޮތަށް 5-7 މިނިޓް އާއި ދޭތެރޭ)  ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 05 ޖޫން  2022 ވާ އާދިއްތަ  ދުވަހުން ފެށިގެން  14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޖޫން 2022 ވާ  އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ޖޫން 2022 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

06 ޛުލްޤައިދާ  1443

05 ޖޫން 2022