ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-DMU/88/2022/52
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 26 ޖޫން 2022 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
"މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް" އަށް ޓްރޮފީއެއް ފަރުމާކުރުމުގެ މުބާރާތް 2022

މި މިނިސްޓްރީގެ އިޢުލާން ނަންބަރ: (IUL) 88-B/88/2022/37 (12 މެއި 2022) އިން "މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް" އަށް ޓްރޮފީއެއް ފަރުމާކުރުމަށް ހުޅުވާލި މުބާރާތައް ނަން ހުށައެޅުއްވި އެއްވެސް ފަރާތެއް %75 (ހަތްދިހަފަސް) އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާފައިނުވުމާއިއެކު އަލުން އިޢުލާންކޮށް،ފުރުސަތު ހުޅުވާލަމެވެ.

 

މި މުބާރާތުގައި ބައިވެރިވެވޭނެ ފަރާތްތައް:

މި މުބާރާތަކީ އެންމެހާ ދިވެހި ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

މިމުބާރާތުގައި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި ޕާރޓްނަރޝިޕްތަކުގެ އިތުރުން ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ.

 

ޓްރޮފީ ފަރުމާކުރުމުގައި ހުންނަންޖެހޭ ޝަރުޠުތައް:

-  މި މުބާރާތަށް ހުށަހަޅާ ފަރުމާއަކީ މީގެ ކުރިން ބޭނުންކޮށްފައިވާ ނުވަތަ މުބާރާތެއްގައި ހުށަހަޅާފައިވާ ފަރުމާއެއްކަމުގައި ވެގެންނުވާނެއެވެ.

-  ފަރުމާކުރެވޭ އެވޯރޑް ގެ 3D ނުވަތަ 2D ރެންޑަރޑް ފޮޓޯ (ފްރަންޓް، ސައިޑް އަދި ޕަރސްޕެކްޓިވް އޭންގަލް) JPEG އަދި PDF ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

-  ޓްރޮފީގެ ސައިޒް އަދި މެޝަރމަންޓްތައް އެނގޭނެފަދަ 2D  ކޮންސެޕްޓް އެއް ހުށަހަޅަންވާނެއެވެ.

-  ފަރުމާކުރެވޭ ޓްރޮފީގައި އެވޯޑް ލިބޭފަރާތުގެ ނަން ޖެހުމަށް ޕްލެޓްކޮޅެއް ޚާއްސަކުރެވިފައި ވާންވާނެއެވެ.

-  މި ޓްރޮފީގެ ކޮންސެޕްޓް ހެދިފައި ހުންނަންވާނީ ފަސޭހައިން އޭގެ ޕްރޮޑަކްޝަން ހެދޭނެ ގޮތަކަށެވެ.

-  ކޮންސެޕްޓް ޕްރޮޕޯސަލް ހުށަހަޅާއިރު، ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީ ޑްރައިވް ނުވަތަ ޕެންޑްރައިވް އެއްގައި ހުށަޅަންވާނެއެވެ.

 

 ހުށަހަޅަންޖެހޭ ގޮތް:

1. ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެޑްރެސް، ގުޅޭނެ ފޯނު ނަމްބަރު، އީމެއިލް އެޑްރެސް، ކުންފުނީގެ ރަޖިސްޓްރީ މި ފަރުމާއާއެކު މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

2. ފަރުމާކުރެވިފައިވާ ޓްރޮފީއިން ދޭހަވާކަންތައްތައް ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ.

3. މި ތަކެތި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް ޓްރޮފީ މުބާރާތް" ޖަހަންވާނެއެވެ.

 

 ހުށަހަޅާ ޓްރޮފީތަކަށް މާކްސް ދިނުން:

  މާރކްސް ދެވޭބައިތަކާއި މިންގަޑު:

ކަނޑައެޅިފައިވާ %

ފަރުމާގެ ނަލަކަން

50%

ރާއްޖޭގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ މިންވަރު

30%

ޓްރޮފީ ޕްރޮޑިއުސްކުރުމުގެ ފަހިކަން

20%

 

މުބާރާތުން 01 ވަނައަށް ހޮވޭނީ %75 (ހަތްދިހަފަސް) އިންސައްތައަށް ވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ ފަރާތެކެވެ.

 

 އިނާމް:

މިމުބާރާތުން 01 ވަނައަށް ހޮވޭ ޓްރޮފީ ފަރުމާ ހުށަހަޅާ ފަރާތަށް 50,000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

 މަޢުލޫމާތު ސެޝަނާއި ސުންގަޑި:

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގައި މި މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ސެޝަނަށް ޙާޒިރުވެ، 26 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޢިއުލާންގައި ހުށަހަޅައެޅުމަށް ބަޔާންކުރެވިފައިވާ ތަކެތި ހުށަހެޅުން އެދެމެވެ. އަދި މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ގްރެފިކް ޑިޒައިނަރ ހަސަން ސައީދު، 9977333 އާ ގުޅުއްވުން އެދެމެވެ.

 

އެއްވަނަ އަށް ހޮވޭ ޓްރޮފީ ފަރުމާގެ ހުރިހާ ހައްގެއް (ރައިޓްސް) ލިބިގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ.

05 ޖޫން 2022