ދިވެހިރާއްޖެ
އިޢުލާން
1.5 ޓަނުގެ ޕިކަޕެއް ގަތުމާއި ގުޅޭ
މިއިދާރާގެ ނަންބަރ: (IUL)279-ESMS/2022/19 (22 މެއި 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީ ބާޠިލްކޮށްފީމެވެ.
ވީމާ، ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް 1.5 ޓަނު އުފުލޭ ޕިކަޕެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ. ޕިކަޕް ވިއްކުމަށް ކޯޓޭޝަން ހުށަހަޅުއްވާއިރު، ޕިކަޕާއި ގުޅޭ ތިރީގައި އެވާ މަޢުލޫމާތު ކޯޓޭޝަނާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި ޕިކަޕުގެ ފޮށިގަނޑުގައި އެސް.އެސް ފިލާޖަހަންވާނެއެވެ.
- ޕިކަޕުގެ ބްރޭންޑް
- ޕިކަޕުގެ މޮޑެލް ކޯޑް
- އެންޖީން ސީ.ސީ
- ޓްރާންސްމިޝަން
- ޕިކަޕް ދުއްވާފަ ހުރިވަރު
- ސީޓުގެ އަދަދު
- ފިޔުލް
- ޕިކަޕް އުފެއްދި ތާރީޚް
- ޕިކަޕުގެ ކުލަ
- ފޮށިގަނޑު ސައިޒް
ޕިކަޕު ރެޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތަކެއް ޕިކަޕްވިއްކާ ފަރާތުން ކޮށްދޭންވާނެއެވެ. އަދި ޕިކަޕް ރަށަށް ގެނައުމަށް އަރުވާ ބޯއްޓާއި ހަމައަށް ގެންގޮސް ދިނުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ ޕިކަޕެއް މަރޮށީ ކައުންސިލް އިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2022 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީގައި ޕިކަޕުގެ އަގާއި، ޕިކަޕު ފޯރުކޮށްދެވޭނެ މުއްދަތާއި، ޕިކަޕުގެ ތަފްސީލް ސްޕެސިފިކޭޝަން ހުށަހަޅުއްވަން ވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ޖީ.އެސް.ޓީ ރެޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
| 
 | މާކްސްދެވޭ ކްރައިޓީރިއާ | މާކްސް ދެވޭގޮތް | ތަފްސީލް | ފޯމިއުލާ | 
| އަގު | %80 | 
 | (Benchmark Price / Submitted Price) x Allocated Percentage | |
| ހުށަހެޅުން - ފީޗާރސް | 
 | (Benchmark / Submitted Specification) x Allocated Percentage | ||
| މުއްދަތު | 
 | (Benchmark / Submitted Duration) x Allocated Percentage | ||
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.