ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2022/80
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 13 ޖޫން 2022 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2022/80 

ތާރީޚް: 05 ޖޫން 2022

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 4

ޢަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ޖުޑީޝަލް އެކަޑަމީ (ވިލިމާލެ)

އަސާސީ މުސާރަ

-/5,020 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/2,510 (މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/1,500
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1.  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް " ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 
  2. މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން " އީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް " ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން. ނުވަތަ،
  4. މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ޝަރުޢީދާއީރާގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް އެކަޑަމީ އިން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. އެކަޑަމީ އިން ކުރިއަށް ގެންދާ އެކި އެކި ޕްރޮގްރާމްތަކުގެ ރެޖިސްޓްރޭޝަން މަސައްކަތްކުރުމާއި، ޕްރޮގްރާމްތަކާއި ގުޅިގެން ކޯޓްތަކާއި އަދި ބައިވެރިންނާއި ކުރަން ޖެހޭ މުޢާމަލާތްކުރުން.
  3. އެކެޑަމީގެ އަހަރީ ޓްރެއިނިންގ ކަލަންޑަރ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކާއި ގުޅިގެން އެއްކުރުމާއި، ކަލަންޑަރ އެކުލަވާލެމުގައި އެހީތެރިކަން ފޯރުކޮށްދީ، ކަލަންޑަރ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
  4. ކޯޓުތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީންތައް ހިންގުމުގައި އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  5. އެކަޑަމީ އިން ފަރުމާ ކުރަންޖެހޭ އެކި އެކި  ޓްރެއިނިންގ މޮޑިއުލްތަކަށް ބޭނުންވާ ދިރާސާ ތައް ކުރިއަށް ގެންދިއުމާއި، އެމަޢުލޫމާތުގެ އަލީގައި، ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްކުރުން.
  6. އެކި އެކި މުވައްސަސާތަކާއި ގުޅިގެން އެކެޑަމީން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. އެކަޑަމީ އިން ކުރިއަށްގެންދާ ޓްރޭނިންގތަކާއި، ސެމިނަރ، ވަރކްޝޮޕް، ކޮންފެރެންސް އަދި ފޯރަމް ތަކުގެ އެންމެހާ އިދާރީ އިންތިޒާމްތައް ޑިޕަރޓްމަންޓުގެ އެހެނިހެން ސެކްޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދިއުން.
  8. އެކަޑަމީއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕް އަދި ސެމިނަރ ފަދަ ހަރަކާތް ތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި އެހެނިހެން ތަމްރީންތަކުގެ ރެކޯޑް ބެލެހެއްޓުން.
  9. އެކަޑަމީއިން ކުރިއަށްގެންދާ ޕްރޮގްރާމް ތަކުގެ މީޑިއާ ބްރީފް ތައްޔާރުކުރުމާއި، ސޯސަލް މީޑިއާގައި ޕޯސްޓްކުރުމަށް ބޭނުންވާ މަޢުލޫމާތު މީޑިއާ ސެކްޝަނަށް ފޯރުކޮށްދިނުން.
  10. އެކަޑަމީގެ މަސައްކަތަކާއި ގުޅިގެން އަންނަ އިންވޮއިސްތައް، އެއާއި ގުޅޭ ލިޔެކިޔުމާއިއެކު، ފައިނޭންސް ޔުނިޓަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  11. ޕްރޮގްރާމް ނިމުމުން ކޯޓްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ކޯޓްތަކާއި ހިއްސާކުރުން.
  12. އެކަޑަމީ އިން ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓް ތައްޔާރުކުރުން.
  13. އެކަޑަމީގެ އަހަރީ ރިޕޯޓް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު  އެއްކުރުން.
  14. އެކަޑަމީ އިން ބާއްވަ އެކި އެކި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން، އަދި އެކެޑަމީ އިން ބާއްވާ ބައްދަލުވުންތަކުގެ ދަފްތަރު ބެލެހެއްޓުން.
  15. އެކެޑަމީއާ އެހެން މުވައްސަސާތަކާއެކު ގުޅުން ދެމެހެއްޓުމަށްޓަކައި ކުރެވޭ މަޝްވަރާތަކާއި އެމްއޯޔޫގެ ކަންކަމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  16. އެކެޑަމީގެ މަސައްކަތްތަކާ ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތައް އަފްޑޭޓްކޮށް ބެލެހެއްޓުން.
  17. އެކެޑަމީއަށް ލިބޭ ލިޔެކިޔުންތައް ބަލައި، ސެކްޝަން ހެޑްގެ ލަފާގެ މަތިން ފިޔަވަޅު އެޅުމާއި، ޤަވާޢިދުން ލިޔުންތައް ދުވަހުން ދުވަހަށް ފައިލް ކުރުން.
  18. އެކެޑަމީގެ ދުވަހު ޔައުމިއްޔާ ލިޔުން.
  19. އެކެޑަމީގެ މަސައްކަތްތަކާ ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ބިޒްނަސް އެޑްމިނިސްޓެރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2022 ޖޫން 13 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 30 އިންސައްތަ
  • މަސައްކަތުގެ ތަޖުރިބާ: 10 އިންސައްތަ
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 އިންސައްތަ
  • އިންޓަރވިއު: 50 އިންސައްތަ

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340858, 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދަތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްތައް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.
  • އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި އެކަށީގެން ވާ ގޮތެއްގައި މީހުންނާ މުއާސަލާތު ކުރުމުގެ ގާބިލިއްޔަތު.
  • އިސް ނަގައިގެން ކަންކަން ކުރުމުގެ ގާބިލިއްޔަތާއި ލީޑަރޝިޕް.
  • އިންތިޒާމީ ގޮތެއްގައި މަސައްކަތް މެނޭޖު ކުރުމުގެ ހުނަރާއި ގާބިލިއްޔަތު.
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތު.
  • އިދާރީ ނިޒާމުތައް ބެލެހެއްޓުމާއި، އިދާރީ އިންތިޒާމުތައް ކުރުމާއި، އެއްފަހަރާ ތަފާތު ކަންކަން މެނޭޖް ކޮށް ބެލެހެއްޓުމުގެ ހުނަރާއި ގާބިލުކަން ކުރުން.
  • ކަންކަން ވިލަރެސް ކޮށް، އޮމާން ގޮތެއްގައި ކުރިޔަށް ގެންދިޔުމާއި، ދިމާ ވާ މައްސަލަތައް ޙައްލު ކުރުމަށް ޓަކައި ފިޔަވަޅު އެޅުމުގެ ހުނަރާއި ގާބިލިއްޔަތު.
  • އެހެން އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ، ޙާޟިރީއާއި، މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކުރެވޭނެއެވެ.
  • ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ބެކްގްރައުންޑް އެސެސްމަންޓް ހެދޭނެއެވެ.  
05 ޖޫން 2022