މަސައްކަތް
ނަންބަރު: H/IUL/2022/111
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 04 ޖުލައި 2022 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ކ.ގުރައިދޫ އިންޖީނުގޭގައި އައު އާރް.އޯ ޕްލާންޓް އިމާރާތެއް އަޅައިދޭނޭ ފަރާތެއް ހޯދުމަށް

                                              ނަންބަރު: H/IUL/2022/111

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ކ.ގުރައިދޫ އިންޖީނުގޭގައި އައު އާރް.އޯ ޕްލާންޓް އިމާރާތެއް އަޅައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.                                                              

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފައްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ އަންދާސީހިސާބުގެ %30 ފަންޑް ހުރިކަން އަންގައިދޭ ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމެންޓް ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށެވެ. 

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2022 ޖޫން 12 އިން 2022 ޖޫން 23 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2022 ޖޫން 12 އިން 2022 ޖޫން 23 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2022 ޖޫން 26 (އާދިއްތަ)

11:00 ގައި

އަގު ހުށަހެޅުން

2022 ޖުލައި 04 (ހޯމަ)

11:00 ގައި

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ ހަމައެކަނި ނަން ނޯޓްކޮށް ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ.މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ  "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓްރީގެ GC01  ގެ ގްރޭޑް GC01-04 ،GC01-03، GC01-02، GC01-01 އަދި GC01-05  އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ. 

އަދި ބޭރު ކުންފުންޏެއްނަމަ އެ ފަރާތަކީ މެނުފެކްޗަރަރ ނުވަތަ މެނުފެކްޗަރަރ އައްޔަންކޮށްފައިވާ ފަރާތަކަށް ވުމާއިއެކެ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިފަދަ މަސައްކަތެއްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ. ހަމަ އެހެންމެ މި ފަރާތްތަކުން ބިޑް ޑޮކިއުމަންޓްގައިވާ TE ފޯމްސް ފުރުމަށްފަހު ވޭތުވެދިޔަ ފަސް އަހަރުގެ އޮޑިޓެޑް ފައިނޭންޝިއަލް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.     

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ. 

02 ޛުލްޤައިދާ 1443

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338156 / 3338121 /3338125  ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.  

 

03 ޖޫން 2022