ދިވެހިރާއްޖެ
އދ. ކުނބުރުދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: (IUL)KHC/2022/01 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތި މި އިޢުލާން ބާތިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 26 މެއި 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.