|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ޖެނެރަލް މެނޭޖަރ
|
|
ވަޒީފާގެ ދާއިރާ:
|
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/17،350ރ އާއި -/28,660ރ ދެމެދު
|
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް ދާއިރާއިން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 03 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 07 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 15 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- ހިންގުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމައްޓަކައި ބޭނުންވާ އެންމެހާ ތަކެތި ރާއްޖެއިން އަދި ރާއްޖެއިން ބޭރުން ހޯދަންޖެހޭ މިފަދަ ހުރިހާތަކެތި ލިބެންހުރި ތަނަކުން އެކަށީގެންވާއަގު ތަކުގައި ހޯދުމާއިބެހޭ ހަރުދަނާ ނިޒާމެއް ކުންފުނީގައި ޤާއިމްކޮށް އެގޮތުގެ މަތިން ޢަމަލު ކުރުން.
- ކުންފުނީގެ ފަރާތުން ހިންގަންޖެހޭ ބޮޑެތި މަޝްރޫޢު ތަކާއި، އެފަދަ އެހެނިހެން ކަންތައްތައް ބީލަމުގެ އުޞޫލުން ކުރުމާބެހޭ ހަރުދަނާ އުޞޫލްތަކެއް ކަނޑައެޅުމާއި، އެއުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ ހުރިހާމަސައްކަތެއް ރާވާހިންގުން.
- ކުންފުންޏަށް ހޯދޭ މުދަލުގެ ކޮލިޓީ ޗެކުކުރުމާއި، އެތަކެތި ވިއްކޭނެއަގު ކަނޑައެޅުމާއި، މުދާ އިންޝުއަރެންސްކޮށް ބެލެހެއްޓުމާބެހޭ ހަރުދަނާ އުޞޫލްތަކެއް ޤާއިމްކޮށް ހިންގުން.
- ކުންފުނީގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ފަރާތުން ބީލަންއުޞޫލުން ކުރަންޖެހޭ މަސައްކަތްތައް، ދިރާސާކޮށް އެމަސައްކަތެއް ޙަވާލުކުރާނެފަރާތެއް ކަނޑައެޅުން.
- ހިންގުމުގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތިން ޑިޕާޓްމަންޓްގެ ދާއިރާގެ ހުރިހާކަމެއް ހިންގައި ބެލެހެއްޓުމާއި، ޑިޕާޓްމަންޓުގެ މުވައްޒަފުން އެކިކަންކަމުގައި މުޢާމަލާތު ކުރާގޮތާއި، މަސައްކަތުގެ އަޚްލާޤް ކުންފުނީގެ ޤަވާޢިދުތަކާއި އުޞޫލްތަކާއި، އަދި ތަޞައްވުރާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި، ހަމަޖެހިފައިވާ އުޞޫލްތަކާއި ޚިލާފަށް ހިގާ ކަންކަން އިޞްލާޙު ކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
26 މޭ 2022 ވަނަ ދުވަހުގެ 15.00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 26 މޭ 2022 ވަނަ ދުވަހުގެ ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ވަޒީފާއަށް ހޮވުމުގައި ޕްރޮކިއުމަންޓް އާއި ގުޅުން ހުރި ދާއިރާއަކުން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
17 ޝައްވާލް 1443
19 މޭ 2022
|