ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އިންޖީނު އޮޕަރޭޓަރ
|
ވަޒީފާގެ ދާއިރާ:
|
ވ. ތިނަދޫ އިންޖީނުގެ
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/8000ރ އާއި -/11000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ގްރޭޑް 10 ނިންމާފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގައި އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ބެހެލެއްޓުން.
- ޑިއުޓީ ލޮގުނަގައި ޝީޓްތައް ފުރިހަމަކޮށް ލޯޑްގްރާފް ކުރަހާ ޗެކުކޮށް ބެލެހެއްޓުން
- ކޮންމެ ދުވަހެއްގެ ފަހު ޝިފްޓް ޑިއުޓީގައި ހުރިހާ ތެޔޮ ތާނގިތަކެއްގެ ސައުންޑިންގ ޗެކްކޮށް، ޑީސަލާއި އަޑީތެލުގެ ބާކީގެ ހުރިހާ ހިސާބެއް ނިންމުން.
- އިންޖީނުގޭގަ މެކޭނިކަލް ގޮތުންނާއި އިލެކްޓްރިކަލް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ބައިވެރިވުން.
- ރީޑިންގ ނެގުމާއި ބިލް ހަވާލްކުރުން.
- ފައިސާ ނުދައްކަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ޑިސްކަނެކްޝަން ނޯޓް ހަވާލުކުރުން
- ފެނާއި ނަރުދަމާ ގާއިމްކޮށްފައިވާ އިންޖީނުގެތަކުގައި:-
- ޤަވައިދުން ޕަންޕް ސްޓޭޝަންތަކުން ރީޑިންގ ނެގުމާއި މޮނީޓަރ ކުރުން.
- ޤަވައިދުން ސްވަރޭޖް ޑާޓާ ކަލެކްޝަން ރިޕޯރޓް ތައްޔާރުކުރުން.
- ނަރުދަމާ ނެޓްވޯރކް އަޕްޑޭޓްކުރުން.
- 'ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް' (އެސް.ޓީ.ޕީ)ގެ ސްޓޮކް ބެލެހެއްޓުން، ބޭސް ސްކްރީން ފިލްޓަރ ސާފުކޮށް މެއިންޓެނަންސް މަސައްކަތް ކުރުން.
- ނަރުދަމާ ކޮންޒިއުމަރ ބެލެހެއްޓުމާއި ނިއު ކަނެކްޝަން ސާރވޭކޮށް ގުޅައިދިނުން
- އަދި ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއި ގުޅުންހުރި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
23 މޭ 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ވ.ތިނަދޫ އިންޖީނުގެ އަށް 23 މޭ 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
16 ޝައްވާލް 1443
17 މޭ 2022
|