ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2014/520
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 22 ސެޕްޓެންބަރު 2014 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު -/7,875 ރ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރ

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1,975 ރ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 4

މަޤާމުގެ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އިދާރީ މުވައްޒަފުންގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި ފެކަލްޓީގެ ލިޔުންތަކާއި ފޮނުވާ އަދި ލިބޭ ލިޔުންތައް ބެލެހެއްޓުން
  • ފެކަލްޓީގެ ބަދިގޭގެ އިކުއިޕްމަންޓެއް ނުވަތަ އެހެނިހެން މެޝިނަރީއެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ކަންކުރަންޖޭ އުސޫލުން އެކަން ރަނގަޅު ކުރުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ކުރުން
  • މަރުކަޒީ އިދާރާއިން އަންގާ ގޮތުގެ މަތިން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމާއި އަހަރު ނިމުމުން އެއަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުން
  • ފެކަލްޓީގެ އިދާރީ އަދި އެކަޑެމިކް ޙަރަކާތްތަކުގައި ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ ހަމަ އެހެންމެ ފެކަލްޓީގެ ހުރިހާ އިވެންޓްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވުން
  • އިދާރީ ދާއިރާގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ފެކަލްޓީގައި އެންމެ ގިނައިރު އުޅޭ އަދި ބަންދު ދުވަސްތަކުގައި ވެސް ތަނުގެ ކަންތައްތައް ބެލެހެއްޓުމާއި ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް ތަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފެކަލްޓީ ބެލެހެއްޓުމުގެ އިސްރޯލެއް އަދާކުރުން
  • ފެކަލްޓީ އަށް ބޭނުންވާ ފަރުނީޗަރާއި ކޮންސިއުމަބަލްސް ފަދަ ތަކެތި ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެ ގޮތެއްގެ މަތިން މަރުކަޒީ އިދާރާގެ ޕްރޮކިޔުމަންޓް ސެކްޝަނާ ގުޅައިގެން ހޯދުން. މި ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި ޕްރެކްޓިކަލްއަށް ބޭނުންވާ ތަކެތި ލަސްނުވާނޭހެން ހޯދުން
  • ފެކަލްޓީ އަށް ލިބޭ ކޮންސިއުމަބަލްސް ނުވަތަ ތަނުގައި ބަހައްޓައިގެން ބޭނުންކުރެވޭ ތަކެތީގެ ސްޓޮކް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ފެކަލްޓީގެ ބޭނުންތަކަށް ބަލަހައްޓާ ކޮންސިއުމަބަލްސް މުވައްޒަފުންނަށް ދޫކޮށް އެމީހުންނަށް ލިބުނުކަމުގެ ސޮއި ހޯދައި އޭގެ ރިކޯޑު ބެލެހެއްޓުން. (އަދި ވޭތުވެދިޔަ ތާނގައި ދޫކޮށްފައިވާ ތަކެތި ޙަވާލުވިކަމުގެ ސޮޔާއި އޭގެ ރިކޯޑު ފުރިހަމަކުރުން.)
  • ފެކަލްޓީގެ ސްޓޮކް ރިކޯޑު ފޮތުގައި ބެލެހެއްޓުމުގެ އިތުރަށް 'އެމްއެސް އެކްސެލް' ގައި ކޮންމެ އައިޓަމަކަށްވެސް ވެއްދި، ދޫކުރި އަދި ބާކީ އެނގޭގޮތަށް ކޮމްޕިއުޓަރގައި ބެލެހެއްޓުން.
  • ފެކަލްޓީ އަށް ހޯދަންޖެހޭ ކޮންސިއުމަބަލްސް ހޯދައި ބެލެހެއްޓުމުގައި 'ރީ-އޯޑަރިންގ ޕްލޭނެއް' ތައްޔާރުކޮށް އެއާ އެއްގޮތަށް ތަކެތި ހޯދުމުގެ ކަންތައް ކުރުން.
  • ބާވެ ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި ގަވާއިދުން ނީލަމަށް ފޮނުވުމާއި ގަވާއިދުން ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ ރިކޯޑު ބަލަހައްޓައި އިންވެންޓްރީ އަށް އަންނަ ބަދަލުތަކުގެ ރިކޯޑު ގަވާއިދުން ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަނެ، އެކަންކަން ކުރަން ހަމަޖެހިފައިވާ ގަވާއިދުންކޮށް، މާރާމާތުގެ ކަންތައް ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ދިގުމުއްދަތަށް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެމަސައްކަތް ކުރަމުންދާ ގޮތް ބަލައި، މެއިންޓެނަންސް އެއްބަސްވުންތަކުގައި އެއްބަސްވެފައިވާ ގޮތަށް އެކަން ހިނގާތޯ ބަލައި ރިވިއުކޮށް، އެފަދަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެމަސް ކުރިން އާބަޔަކު ހޯދުމުގައި އަޅަންޖެހޭ ފިޔަވަޅު ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ ދަށުން އެޅުން.
  • ފެކަލްޓީގެ ބަދިގެ، ރެސްޓޯރަންޓް، ކުލާސް ރޫމް އަދި ގޯތިތެރެ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށްދީ އެ ފަރާތްތަކުން ކުލި ދެއްކުމުގެ ކަންތައް ހިނގާނުހިނގާ ގޮތް ބަލައި އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • މި އިޢުލާނާ ގުޅިގެން MNU-HR/2014/518 (11 ސެޕްޓެންބަރު 2014) ނަންބަރު އިޢުލާނު ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  
15 ސެޕްޓެންބަރު 2014