މަސައްކަތް
ނަންބަރު: H/IUL/2022/07
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 05 ޖޫން 2022 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގައި ސެންޓްރަލް ކޮންޓްރޯލް ސްކާޑާ ޕްރީފެބްރިކޭޓެޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                            އިޢުލާން ނަންބަރ:H/IUL/2022/07  

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު 

މިކުންފުނީގައި ސެންޓްރަލް ކޮންޓްރޯލް ސްކާޑާ ޕްރީފެބްރިކޭޓެޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ ހަމައެކަނި ނަން ނޯޓްކޮށް ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ.މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ  "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓްރީގެGC01  ގެ ގްރޭޑް GC01-01، GC01-02،
GC01-03، އަދި GC01-04 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.

އަދި ބޭރު ކުންފުންޏެއްނަމަ އެ ފަރާތަކީ މެނުފެކްޗަރަރ ނުވަތަ މެނުފެކްޗަރަރ އައްޔަންކޮށްފައިވާ ފަރާތަކަށް ވުމާއިއެކެ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިފަދަ މަސައްކަތެއްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ. ހަމަ އެހެންމެ މި ފަރާތްތަކުން ބިޑް ޑޮކިއުމަންޓްގައިވާ TE ފޯމްސް ފުރުމަށްފަހު ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.    

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

17 މޭ 2022 އިން 28 މޭ 2022

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

19 މޭ 2022 އިން 28 މޭ 2022

08:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

29 މޭ 2022 (އާދީއްތަ)

13:00 ގައި

އަގު ހުށަހެޅުން

05 ޖޫން 2022 (އާދީއްތަ)

11:00 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 (ވިހި) ދުވަސް އިތުރުވާންވާނެވެ. 

                                      14 ޝައްވާލް 1443

                                      15 މޭ 202  

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338160 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.  
15 މޭ 2022