ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/95
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 17 މޭ 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

ވޯޓަރ، ސްވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/10500ރ އާއި -/22000ރ ދެމެދު

އެހެނިހެން އެލަވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

 ފެންވަރު ނުވަތަ ޝަރުޠު:

  • ފެން އުފެއްދުމާއި އަދި ނަރުދަމާ ނިޒާމް އާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ފެން އުފެއްދުމާއި އަދި ނަރުދަމާ ނިޒާމް ގެ މެއިންޓަނަންސް އަދި އޮޕަރޭޝަންސް މަސައްކަތުގައި މަދުވެގެން 20 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  •  300 ޓަނުގެ އާރު. އޯ ޕްލާންޓް ބަހައްޓާ ކޮމިޝަން ކުރުމުގެ އެންމެހާ ކަންކަން
  • އާރު. އޯ ޕްލާންޓްގެ ހައިޕްރެޝަރ ޕަންޕް ރޫޅައި މަރާމާތު ކުރުން
  • އާރު. އޯ ޕްލާންޓްގެ މެމްބްރެއިން އަށް ދިމާވާ މައްސައަލްތަށް ޙައްލުކުރުން
  • އާރު. އޯ ޕްލާންޓްގެ ވެސެލްތަކަށް ދިމާވާ މައްސަތައް ޙައްލުކުން
  • އާރު. އޯ ޕްލާންޓްގެ މެއިންޓަނަންސް މަސައްކްތް
  • ވޯޓަރ ނެޓްވޯކުގެ ކަނެކްޝަން މަސައްކަތް

ވޯޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތަށް ޙައްލުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 18 މޭ 2022 ވަނަ ދުވަހުގެ 15.00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 18 މޭ 2022 ވަނަ ދުވަހުގެ  ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

10  ޝައްވާލް 1443

11   މޭ  2022

12 މޭ 2022