ދިވެހިރާއްޖެ
އިޢުލާން
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށްޓަކައި، މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި ހަދާ ޢިމާރާތުގެ ފޭސް1 ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށްޓަކައި، މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި ހަދާ ޢިމާރާތުގެ ފޭސް1 ގެ މަސައްކަތް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު، މި ކޯޓުގެ މެއިލް އެޑްރެސް[email protected] : އަށް 2022 މެއި 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރެއްވުމަށްފަހު، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން  | 
 16 މެއި 2022  | 
 ހޯމަ  | 
 13:30  | 
| 
 އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން  | 
 23 މެއި 2022  | 
 ހޯމަ  | 
 13:30  | 
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޝައްވާލް 1443