މަޤާމް
|
ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
މާލެ އޭރިޔާގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތައް: 09 (ނުވައެއް)
ނ. މާފަރު ކަސްޓަމްސް: 01 (އެކެއް)
|
މުސާރަ
|
4,000/- ރުފިޔާ
|
އިތުރު އިނާޔަތްތައް
|
- ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (1,400/- ރުފިޔާ)
- ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200/- ރުފިޔާ
- ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60/- ރުފިޔާ
- ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް
|
ނ.މާފަރު އަދި މާލެ އޭރިޔާ ގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތައް
|
މަޤާމުގެ ޝަރުޠު
|
ލިޔަންކިޔަން ދަތުމާއިއެކު، މަސައްކަތުގެ ދާއިރާއަކުން ތަމްރީނެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން / އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެއް ލިބިފައިވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
ސަޕޯޓް ސަރިވިސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
- މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
- މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް
|
ސުންގަޑި
|
19 މެއި 2022 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ނިޔަލަށް
|
ވަޒީފާއަށް އެދި ހުށަހެޅުން
|
- ވަޒީފާތަކަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމް ފުުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް އެޓޭޗްކުރަންވާނެއެވެ.
- ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރާނޭގޮތުގެ ޔުސާރ މެނުއަލް ކަސްޓަމްސްގެ ވެބްސައިޓުގެ ޑައުންލޯޑްސްއިން ފެންނަން ހުންނާނެއެވެ.
- ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު) ބަލައިގަނެވޭނެއެވެ.
|
އެހެނިހެން ކަންކަން
|
- މި މަގާމުތަކުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ ކަސްޓަމްސް އޮފީސްތަކަށް މީހުން ހޮވުމުގައި އެ އޮފީހެއް ގާއިމުވެފައިވާ ރަށެއްގައި ރަޖިސްޓްރީވެފައިވާ އަދި އެ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މި މަގާމުތަކަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 40 އަހަރާދެމެދު މީހުންނެވެ. ޢުމުރު ބަލާނީ 2022 މެއި 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
- މި މަގާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހަމަ ނުވާ އަދި ކިޔަން އިނގޭވަރަށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- މި މަގާމުތަކަށް ޝަރުތު ހަމަވާފަރާތްތަކުގެ ތެރެއިން، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހު އިންޓަވިއުކުރުމަށްޓަކައި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި ސަރވިސްގެ ވެބްސައިޓް (www.customs.gov.mv) ގައި ޝާޢިއުކުރެވި އަދި އެކަން އެންގުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށް އިއުލާން ކުރެވޭނެވެ.
|