ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2022/32
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 11 މޭ 2022 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުޞަތު

 

އިންޓަރން މުވައްޒަފުން ހޯދުން

 (އިންޓަރން 1 މަސް ދުވަހަށް)

ނަންބަރު:  IUL)88-ADHR/88/2022/32

ތާރީޚް: 28 އެޕްރީލް 2022

އޮފީސް ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

ބޭނުންވާ އަދަދު:

6 (ހައެއް)

އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/175 ރ (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

މަޤާމުގެ ޝަރުތު:

ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

- ޔުނައިޓެޑް ނޭޝަން ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ ކޮންފަރެންސްެގެ މަސައްކަތްކުރުން

- ގޯލްޑެން ޖުބްލީ އާއި ގުޅިގެން ބޭއްވޭ އިވެންޓުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

މީހުން ހޮވުމުގައި ބަލާނެކަންތައްތައް:

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު

- ދިވެހި އަދި އިގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ

ސުންގަޑި:

11 މެއި 2022 (ބުދަ) ދުވަހުގެ 14:00 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ ފަރާތްތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާ މުއްދަތުން ފެށިގެން 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް https://www.tourism.gov.mv/en/downloads/application_forms

 އިން ލިބިވަޑައިގަންނަވާނެއެވެ.

އިންޓަރން ޝިޕަށް އެދެންވީގޮތް:

ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  [email protected]  އަށެވެ. 

28 އޭޕްރިލް 2022