ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/85
ޕަބްލިޝްކުރި ތާރީޚް: 26 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 07 މޭ 2022 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ގްރޭޓަރ މާލެ ރީޖަން (ވިލިމާލެ އިންޖީނުގެ)

ބޭނުންވާ ޢަދަދު:

05

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑީސަލް އިންޖީނުތަކާއި އެއާއި ގުޅޭ އެހެނިހެން ތަކެތި އޮޕަރޭޓުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
  • އިންޖީންރޫމްގައި ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޑިއުޓީކޮށް ރަށަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ޑިއުޓީގައި ކުރަންޖެހޭ މަސައްކަތް ފަރުވާތެރިކަމާއެކު ޝިފްޓް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން.
  • މަސައްކަތައް ބޭނުންކުރާ ތަފާތު އާލާތްތައް މީހުންނަށާއި ތަކެއްޗަށާއި ތަނަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމާއެކު ބޭނުންކުރުމާއި މަސައްކަތް ނިމުމުން އެ ތަކެތި ސާފުކޮށް ބަހައްޓަން ހަމަޖެހިފައިވާ ތަނެއްގައި ބެހެއްޓުން.
  • މަސައްކަތް ނިމުމުން މަސައްކަތް ކުރި ސަރަޙައްދާއި ތަކެތި ސާފުކުރުން.
  • ރަށުން ކަރަންޓް ކެނޑޭ ހާލަތްތަކުގައި، އިންޖިނިއަރުންގެ އިރުޝާދު ދަށުން ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • އިންޖީނުގެއިން ނުވަތަ ކުންފުނިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުންނާއި ވަޒީފާގައި ކުރުމަށް ހަވާލު ކުރެވޭ މަސައްކަތްތަކުން އިންޖީނުގޭގެ މެއިންޓަނަންސް މަސައްކަތްތަކާއި އޮޕަރޭޝަން މަސައްކަތް ދަސްކުރުން.
  • އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކުރާ ފަރާތުން ގެންނަ ޑީސަލް، ޑީސަލް ރައްކާކުރާ ޓޭންކްތަކަށް ހުސްކުރުމާއި ރެކޯރޑްސް ފުރިހަމަކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 މެއި 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 07 މެއި 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

25 ރަމަޟާން 1443

26 އެޕްރީލް  2022

26 އެޕްރީލް 2022