ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MPL-PRC/TND/2014/0014
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 1028
ސުންގަޑި: 24 ސެޕްޓެންބަރު 2014 1530
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އިމަރޖެންސީ ވޭނެއް ގަންނަން

މި ކުންފުނީގެ ބޭނުމަށް އިމަރޖެންސީ ވޭނެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: MPL-PRC/TND/2014/008 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅައިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިއުލާން ކުރަމެވެ.

ވީމާ، އިމަރޖެންސީ ވޭނެއް ވިއްކަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ބީލަމުގެ ބީލަން ފޮތްތައް 17 ސެޕްޓެންބަރު 2014 އިން 24 ސެޕްޓެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް މި ކުންފުނީގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 500/- ރ (ފައްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތުގެ ސޮފްޓްކޮޕީ ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގ އޮންނާނީ 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގައި، މި ކުންފުނީގެ ހެޑްއޮފީހުގައެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25000ރ ބަހައްޓަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްކުރާ ފައިސާގެ ޖުމްލަ އަގުގެ % 15 ބަހައްޓަން ޖެހޭނެއެވެ.

އަދި، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 14 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގައެވެ. ބިޑްތައް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

16 ޛުލްޤަޢިދާ 1434

2014-09-11