ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް އޮފީސް ރިނޮވޭޝަން މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއި ނެޓްވޯކް އަޅާދިނުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އޮފީހުގެ އިންޓީރިއަރ ރިނޮވޭޝަންގެ މަސައްކަތްތަކެއް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިމިވާ ތާވަލާއެއްގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީސް / ވެލާނާގެ 06 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލް  | 
 ތާރީހް  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން / ސައިޓް ވިޒިޓް  | 
 26 އެޕްރީލް 2022  | 
 އަންގާރަ  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށައެޅުން  | 
 12 މެއި 2022  | 
 ބުރާސްފަތި  | 
 11:00  | 
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތުހިމެނޭ ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv އިން ފެނިވަޑައިގަންނަވާނެއެވެ.
20 ރަމަޟާން 1443