ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2022/93
ޕަބްލިޝްކުރި ތާރީޚް: 19 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 28 އެޕްރީލް 2022 13:30
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ އިދާރާއަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ (3ވަނަ ފަހަރަށް ކުރެވޭ އިޢުލާން)

ޕްރޮޖެކްޓް ނަންބަރ: 327/A-P/2022/02

 

މިކައުންސިލްގެ ނަންބަރ (IUL)327-A/327/2022/91 އިޢުލާނާއެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގެ 3 ވަނަ ނަންބަރ ގައި ބީލަން ވަޒަންކުރާނެ މިންގަނޑު ބަޔާންކުރުމުގައި، 15 އިންސައްތަ މާރކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކުގެ ޖުމްލަ ގެނައުމުގައި ކުށެއް ލިޔެވިފައިވާތީ، މިކައުންސިލްގެ ނަންބަރ (IUL)327-A/327/2022/91 އިޢުލާން ބާތިލްކޮށް، ނައިފަރު ކައުންސިލް އިން ފޯރުކޮށްދޭ މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަން އަށް ފެތޭ ފަރުނީޗަރ ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މި ފަރުނީޗަރ ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަމުގައި ރަޖިސްޓްރީ ވުން

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

19 އޭޕްރީލް 2022 އިން 27 އޭޕްރީލް 2022 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން:

19 އޭޕްރީލް 2022 އިން 28 އޭޕްރީލް 2022 | 13:00 ގެ ނިޔަލަށް

ގުޅޭނެ ނަންބަރ:

6620126

އީމެއިލް އެޑްރެސް:

[email protected]

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7988627 އަށް ވައިބަރ އަށް ނުވަތަ [email protected] އީމެއިލް އަށް ފޮނުވަން ވާނެއެވެ.

 

ނޯޓް: މިކައުންސިލްގެ ނަންބަރ (IUL)327-A/327/2022/73 އިޢުލާން އަދި (IUL)327-A/327/2022/91 އިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން، އަލުން ބިޑްގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. އަދި އެފަރާތްތަކުން ބިޑްގައި ބައިވެރިވެވޭނީ، ބިޑް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްގެ ނަމުގައެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

 

ބީލަން ހުށަހެޅުން

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

28 އޭޕްރީލް 2022 ، ބުރާސްފަތި (13:30) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ | އެމް.ޕީ.ބީ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލްގެ އިދާރާއަށް ފަރުނީޗަރު ސަޕްލައިކޮށްދިނުމުގެ ބީލަން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

 

 

19 އެޕްރީލް 2022