މަސައްކަތް
ނަންބަރު: (IUL) 30/A/1/2014/96
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 14 ސެޕްޓެންބަރު 2014 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދުވަސްވީ ފައިލްތައް އާކައިވް ކުރުމުގެ މަސައްކަތް ވޮލަންޓިއަރކޮށް ކުރެއްވުމަށް

ވިލިނގިލީގައި ހުންނަ މި މިނިސްޓްރީގެ ފިޝަރީޒް ޓްރެއިނިންގ ސެންޓަރުގައި ހުރި ދުވަސްވީ ފައިލްތައް އާކައިވް ކުރުމުގެ މަސައްކަތް ވޮލަންޓިއަރކޮށް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކަމަކީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް މުހިންމު މަސައްކަތަކަށް ވުމާއެކު، އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮތް ވާހަކަ ދެންނެވީމެވެ.

ވީމާ މި މަސައްކަތްތައް ވޮލަންޓިއަރކޮށް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2014