މަސައްކަތް
ނަންބަރު: (IUL)88-ADHR/88/2022/28
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 28 އޭޕްރިލް 2022 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް ޓާމިނަލްގައި ޤާއިމުކުރެވިފައިވާ މިނިސްޓްރީގެ ހެލްޕް ޑެސްކް މުވައްޒަފުންގެ ޔުނިފޯމް ފެހުން

އިޢުލާން

 

ވެލާނާ އިންޓަރނޭޝަނަލް ޓާމިނަލްގައި ޤާއިމުކުރެވިފައިވާ މިނިސްޓްރީގެ ހެލްޕް ޑެސްކް މުވައްޒަފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ޕްރީ-ބިޑް މީޓިންގ

20 އޭޕްރީލް 2022 (ބުދަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަން ހުށަހެޅުން/ހުޅުވުން

28 އޭޕްރީލް 2022 (ބުރާސްފަތި)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 25 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައިވާ ފޯކަލް ޕޮއިންޓަށް ކޮންޓެކްޓް ކުރެއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

14 އޭޕްރިލް 2022