ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MBC-HH/MBC/2014/39
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 1502
ސުންގަޑި: 14 ސެޕްޓެންބަރު 2014 1500
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 1

މަޤާމު:

އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

TP7

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން, މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީސީއީ އޭލެވެލް އިމްތިޙާނުގެ ދެމާއްދާއިން ފާސްވެފައި ވުމާއި، މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

1-  ދިވެހިރާއްޖޭގެ އަޑުގެ ބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް އަޑުއެހުމާއި، އޮންއެއަރ ރެކޯޑިންގ ބެލެހެއްޓުން.

2-  އައުޓް ޑޯ ބްރޯޑްކާސްޓިންގތައް މޮނިޓުކުރުމާއި ޓެސްޓް ކުރުމާއި، އަދި އެ ޔުނިޓުން އެފަދަ އިވެންޓްތައް ގެންނަ ވަގުތުތަކުގައި އެޔުނިޓާއި އެހީތެރިކަން ފޯރުކޮށްދީގެން ލައިވްތައް ފުރިހަމައަށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރުން.

3-  އޮންއެއަރ އޮޓޮމޭޝަން މައްސަލައެއް ދިމާވާނަމަ މެނުއަލްކޮށް އޮންއެއަރ ކުރަންޖެހޭ ހާލަތުގައި ޗެނަލްތަކުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.

4-  ސްޓޫޑިއޯތަކުގެ ޚިދުމަތް ހޯދުމަށް އަންނަށް ޕްރޮޑިއުސަރުންނަށް ސްޓޫޑިއޯތަކުގެ ތަޅުދަނޑިތައް ދޫކޮށް ބަލައިގަނެ ސްޓޫޑިއޯތަކުގެ ލޮގް ބެލެހެއްޓުން. އެހެން ޑިޕާޓްމަންޓް ތަޅުދަނޑިތައްވެސް ހަމަޖެހިފައި ނިޒާމުގެ ތެރެއިން ބެލެހެއްޓުން.

5-  ސްޓޫޑިއޯތަކުގައި ޖެހޭ މައްސަލަތައް ދެނެގަނެ، ޕްރޮޑިއުސަރުން ބޭނުންވާ ގޮތްތަކަށް ސްޓޫޑިއޯތަކުން ދެވެން ހުންނަ ޚިދުމަތްތައް ފަސޭހަކޮށްދީ ވަގުތުންޖެހޭ މައްސަލަތައް ހައްލުކޮށްދީ އަދި ވަގުތުން ޙައްލު ނުވާ ވަރުގެ ކަމެއް ދިމާވެއްޖެ ހިނދެއްގައި ސެކްޝަން ހެޑްގެ އިރުޝާދާއެކު އެކަމަކާ ގުޅުން ހުރި ޔުޓިތަކަށް އެ މަޢުލޫމާތު ފޯރުކޮށްދީ އެފަދަ ފަރާތްތަކާ ގުޅިގެން މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

6-  އާރލީ ވާރނިންގ ޓެލެފޯނަށް ރައްކާތެރިވެ މި ފޯނަށް ޖަވާދާރީވެ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކުރުން.

7-  ދިވެހިރާއްޖޭގެ އަޑުގެ ސީ ސީ ޓީވީގެ މޮނިޓަރިންގ ކެމެރާތައް މޮނިޓްކޮށް ދިމާވާ ކަންކަންކަމުގައި ހަމަޖެހިފައިވާ އުސޫލުގެ މަތީން ރިޕޯޓްކޮށް ބެލެހެއްޓުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ

ސަރވިސް އެލަވަންސް:

:ނޯޓް

-  މަހަކު -/5900 ރުފިޔާ.

-  މަހަކު -/3000 ރުފިޔާ

-  އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

 

 

 

 

-  ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު .

-  ވަޒީފާގައި އުޅުއްވާ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

-  ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައިއެއް ނުގަނޭވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000284/ 3000210 ނަންބަރު ފޯނާއެވެ.

09 ޛުލްޤަޢިދާ 1435        

2014-09-04