ވަޒީފާގެ ފުރުޞަތު
ނަންބަރު: AS-A/IU/2014/64
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 16 ސެޕްޓެންބަރު 2014 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މުވައްޒަފުން ބޭނުންވާ މަޤާމުތައް 

މަޤާމު:                 ކޮމްޕިއުޓަރ ޓެކްނީޝަން

ކްލެސިފިކޭޝަން:           ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                އެމް.އެސް 1

މަސައްކަތް ހަމަޖެހިފައިވާ ތަން:   އަމީނިއްޔާ ސްކޫލް  

ބޭނުންވާ ޢަދަދު:           01

މުސާރަ:               -/5610 ރ.

ސަރވިސް އެލަވަންސް:       -/2000 ރ.

ޝަރުތު: 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލުގެ އެންމެހާ ކޮމްޕިއުޓަރ އަދި ޕްރިންޓަރތަކަށް ދިމާވާ މައްސަލަތައް ދުވަހުންދުވަހަށް ރަނގަޅުކޮށް ބެލެހެއްޓުމާއި އަމިއްލައަށް ރަނގަޅު ނުކުރެވޭ ކޮމްޕިއުޓަރ އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ދުވަހުންދުވަހަށް ކުރުން.  

2. ސްކޫލުގެ އިންޓަރނެޓާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ދުވަހުންދުވަހަށް ރަނގަޅުކުރުން.

3. ސްކޫލުގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

4. ސްކޫލުގެ ސާވަރ ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުން.

5. ސްކޫލުގެ އިންޓަރނެޓް ސެކިއުރިޓީ ބެލެހެއްޓުން.

6. ގަވަރމަންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމްގައި ސްކޫލުން ކުރަންޖެހޭ އެންމެހައި ކަންކަން އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ދުވަހުން ދުވަހަށް ކުރުން.

7. އޮފީހުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންކަން އޮފީހުން އަންގާ ވަގުތަކަށް ކޮށް ނިންމުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

-  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-  މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:       

- ވަޒީފާއަށް އެދޭ ފޯމު

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

- ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"

ސުންގަޑި:  މަޤާމުތަކަށް އެދިލައްވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު އަމީނިއްޔާ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:  ފޯން:  3008736 

                  ފެކްސް: 3313726

ވަޒީފާއަށް އެދޭ ފޯމު އަމީނިއްޔާ ސްކޫލުން ލިބެން ހުންނާނެއެވެ.

ނޯޓް: މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަމީނިއްޔާ ސްކޫލުގައެވެ.

                        13 ޛުލްޤަޢިދާ 1435          

08 ސެޕްޓެންބަރު 2014