ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)235-ADS/235/2014/17
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 1202
ސުންގަޑި: 10 ސެޕްޓެންބަރު 2014 1000
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޕެޑް 23 ލެޕްޓޮޕް އަދި 4 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުމަށް

އަތޮޅު ރައްޔިތުންގެ ކޮމްޕިއުޓަރ ލޯންސްކީމްގެ 5ވަނަ ބުރު ފެށުމަށް ބޭނުންވާ 25 އައިޕެޑް 23 ލެޕްޓޮޕް އަދި 4 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް މި ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

ވީމާ، މިތަކެތި ވިއްކަވަން ބޭނުންވާ ފަރާތްތަކުން އަގު ބަޔާންކުރައްވައި 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ކޯޓޭޝަނާއި ޕްރޮޕޯޒަލް ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މެއިލްގެ ޒަރީޢާއިން ކޯޓޭޝަނާއި ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.

1-  އަގު

2-  ވޮރެންޓީއާއި ސަރވިސް

3-  ފޯރުކޮށްދެވޭނެ މުއްދަތު

4-  އަތޮޅުކައުންސިލުން ހިންގާ މި ޕްރޮގުރާމަށް ދެވޭނެ އެހީ

އަތޮޅުކައުންސިލްގެ ކޮމްޕިއުޓަރ ލޯންސްކީމާބެހޭ އިތުރު މަޢުލޫމާތު މިއިދާރާގެ ވެބްސައިޓް www.vaav.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމެއް 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 ގައި މި އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ފޯނުގެ ޒަރީޢާއިން ޓެލެކޮންފަރެންސެއްގެ ގޮތުގައިވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ. މި ޓެލެކޮންފަރެސްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާއާ ގުޅުއްވުން އެދެމެވެ.

މި ތަކެތި ހޯދަން މީގެކުރިން މިކައުންސިލުން ކޮށްފައިވާ އިޢުލާންތައް ބާޠިލުކޮށްފީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6700502 ނަންބަރާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

7 ޛުލްޤަޢިދާ 1435

2014-09-02