ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2014/186
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 1058
ސުންގަޑި: 15 ސެޕްޓެންބަރު 2014 1100
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެޝިނަރީ އާއި ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް ތިރީގައި މިދަންނަވާ މެޝިނަރީ އާއި ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.

210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

01 ޗާޕުމެޝިން

01 ސައުންޑް ސިސްޓަމް

05 ކޮމްޕިއުޓަރ ސިސްޓަމް

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

15 ސެޕްޓެންބަރު 2014 (ހޯމަ) ދުވަހުގެ 11:00 އަށް

18 ސެޕްޓެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

11 ޛުލްޤަޢިދާ 1435

2014-09-03