ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2022/95
ޕަބްލިޝްކުރި ތާރީޚް: 12 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 18 އެޕްރީލް 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން ޢާމިލު (އިދާރީ) މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން

ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން ޢާމިލު (އިދާރީ) މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

              1443 ވަނަ އަހަރު ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމައްޓަކައި ވޭޖް އުސޫލުން މަސައްކަތް ކުރާނެ  ޢާމިލު (އިދާރީ) ބޭނުންވެއްޖެއެވެ.

މަޤާމު

ޢަދަދު

ޝަރުޠު

މަސްޢޫލިއްޔަތު

އުޖޫރަ

 

 

 

 

ޢާމިލު (އިދާރީ)

 

 

 

 

5 (ފަހެއް)

  1. ސާނަވީ ނުވަތަ އެއާ އެއް ފަންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  • ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ދޫކުރުމައް ރަސީދު ތައްޔާރުކުރުން. 
  • ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ދޫކުރުމުގެ ހިސާބުތައް ބެލެހެއްޓުން. 
  • ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ އެންމެހައި މަޢުލޫމާތު ދުވަހުން ދުވަހަށް ލިބޭނެގޮތަށް ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން. 
  • ފިޠުރު ޒަކާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް. 

މަސައްކަތް ކުރާ ދުވަހަކަށް -/500 (ފައްސަތޭކަ) ރުފިޔާ.

މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ 2022 މެއި 1 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ މި މަސައްކަތުގެ ޤާބިލްކަން ހުރިތޯ ބަލައި އިންޓަވިއު ކުރުމަށް ފަހުގައެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ، ޕޮލިސް ރިޕޯޓް، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތު ތަޖުރިބާގެ ލިޔުމާއެކު މި މިނިސްޓްރީގެ ކައުންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020254 ފޯނަށް ގުޅުއްވުން އެދެމެވެ.

ޕޫލަށް ޢާމިލު (އިދާރީ) މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް.

  • ޢާމިލު (އިދާރީ) ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކާއި، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
12 އެޕްރީލް 2022