މަސައްކަތް
ނަންބަރު: 60-PRO/2022/164
ޕަބްލިޝްކުރި ތާރީޚް: 10 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 25 އެޕްރީލް 2022 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް އަމިއްލަ ވެހިކަލް އަދި މީހުން ބޭނުންކޮށްގެން، ސ. ހުޅުމީދޫގައި މުދާ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް އަމިއްލަ ވެހިކަލް އަދި މީހުން ބޭނުންކޮށްގެން، ސ. ހުޅުމީދޫގައި މުދާ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު (ނަންބަރު:60-ADM/2022/154)، ބާތިލްކޮށް، އަލުން އިއުލާނު ކުރަމެވެ.  ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

 

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 17 އޭޕްރިލް 2022 ވަނަ ދުވަހު 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް  [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުވައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

  • މި މަސައްކަތުގެ އިޢުލާން ނަންބަރު:
  • ކުންފުނި/ ވިޔަފާރީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:
  • އީމެއިލް އެޑްރެސް:

 

ނޯޓް: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

 

 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 17 އޭޕްރިލް 2022 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 18 އޭޕްރިލް 2022 ވަނަ ދުވަހު 1000 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައިގައި އޮންނާނެއެވެ.

 

ސުވާލާއި ޖަވާބު:     ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 19 އޭޕްރިލް 2022، ވަނަ ދުވަހުގެ 1000 ގެ ކުރިން [email protected] އީމެއިލް އަށް ފޮނުވަންވާނެއެވެ. އަދި 20 އޭޕްރިލް 2022، ވަނަ  ދުވަސް ނިމުމުގެ ކުރިން އީމެއިލުން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަން ހުށައެޅުން:      ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ  25އޭޕްރިލް 2022 ވަނަ ދުވަހު 1000 އެވެ. ބީލަން ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެސްޓީއޯގެ [email protected] އީމެއިލް އަށެވެ. ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:    3344262

އީމެއިލް:[email protected]

10 އެޕްރީލް 2022