މަސައްކަތް
ނަންބަރު: H/IUL/2022/43A
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 17 އޭޕްރިލް 2022 10:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ކ.ތިލަފުށި އިންޖީނުގެ އެއްއަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި، ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                           އިޢުލާން ނަންބަރ:H/IUL/2022/43A

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

މިކުންފުނީގެ ކ.ތިލަފުށި އިންޖީނުގެ އެއްއަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި، ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: H/IUL/2022/43 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެއިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 އެޕްރިލް 12 ވާ (އަންގާރަ) ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. އަދި ސަރުކާރު އޮފީސް ތަކާއި ކުންފުނިތަށް ފޮޅާސާފު ކުރުމުގެ މަސައްކަތް ކޮށް، 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 75 ޕޮއިންޓް   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 75

ތަޖުރިބާ: 25 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.                   

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2022/43A 

ބިޑް ހުޅުވުން:

 ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 އެޕްރިލް 17 ވާ (އާދިއްތަ) ދުވަހުގެ 10:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.  

                          06 ރަމަޝާން 1443 

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

07 އޭޕްރިލް 2022