ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
| ބޭނުންވާ އަދަދު: | 5 (ފަހެއް) | 
| މަސައްކަތުގެ މުއްދަތު: | އެއް އަހަރު ދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ) | 
| މަސައްކަތުގެ ވަގުތު: | ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ން ހަވީރު 03:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި، ހަވީރު ފަހެއް ޖަހަންދެން މަސައްކަތްކުރަންވާނެއެވެ.) | 
| އުޖޫރަ: | އަސާސީ މުސާރަ: -/7،570 ރުފިޔާ ސަރވިސް އެލަވަންސް: 5149.50 ރުފިޔާ | 
| ފެންވަރު/ޝަރުޠު | 
 ނޯޓް(1): އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ތައްޔާރުކޮށް ނިމިފައިވާކަމަށް ބެލެވޭނީ، އެ ސޮފްޓްވެއަރއަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރއެއްކަމުގައި ވުމާއި، ސޮފްޓްވެއަރ ލިޔުމަށް މަދުވެގެން 3 "މޭން މަންތްސް" ހޭދަކުރަންޖެހޭކަމަށް ބެލެވި އެ ސޮފްޓްވެއަރއަކީ މިހާރުވެސް ބޭނުންކުރަމުންދާ ސޮފްޓްވެއަރއެއްކަމުގައިވުމާއި، ސޮފްޓްވެއަރ ޑިޒައިންކޮށްފައިވަނީ މޮޑަން ޑިޒައިން ޓެކްނީކްސް ބޭނުންކޮށްގެންތޯ ރިވިއުކޮށް، ޑިލިވަރކޮށްފައިވާ ސޮފްޓްވެއަރއާ ގުޅިގެން ރިފަރެންސް ލެޓަރއެއް ހުށަހަޅަންވާނެއެވެ. (މި މަސަތްކަތަށް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލާއި "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) ން ލިބެން ހުންނާނެއެވެ.) | 
| މައިގަނޑު މަސައްކަތްތައް: | 
 | 
| ހުށަހަޅަންޖެހޭ ލިޔެކިއުންތައް: | 
 | 
ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވާ މީހުން، 15 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 1500 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected]) ފޮނުވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލްކުރާނީ [email protected] އަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: (960) 334 4000، ފެކްސް ނަންބަރު: (960) 334 4004
އީމޭލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
09 ޛުލްޤަޢިދާ 1435