ވަޒީފާގެ ފުރުޞަތު
ނަންބަރު: JS-A/ 2014/58
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 14 ސެޕްޓެންބަރު 2014 15:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

04

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

ސްކޫލް ތެރެ ސާފުކުރުމާއި، އެކިއެކި ކަންކަމަށް ގޮނޑިފަދަ ތަކެތި ޖަހަން ޖެހިއްޖެނަމަ ގޮނޑިޖެހުމާއި، ފާޚާނާ އާއި ކުލާސް ރޫމްފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން

ކުލެސިފިކޭޝަން އަދި ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް 1

މުސާރަ

-/3100 ރުފިޔާ  (މަހަކު )

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު )

 

އަސާސީ ޝަރުޠު

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.  

 

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ސައިޓުންވެސް ޑައުންލޯޑު ކުރެވޭނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިޔަންކިޔަން ދަންނަ ކަމުގައި ބަޔާންކޮށްފައިވާ ލިޔުން.
  • ސަރުކާރުގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

-  މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަވިއުކުރުން ޖަމާލުއްދީން ސްކޫލުގައި އޮންނާނެއެވެ. އިންޓަވިއު ކުރިއަށް ގެންދެވޭނީ ސެޕްޓެންބަރު މަހުގެ 17 އިން 18 ވަނަ ދުވަހާއި ހަމައަށެވެ.

* އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާ އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއިއެވެ.

ސުންގަޑި: މި މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީދެންނެވިފައިވާ ލިއުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދަވަން ގުޅުއްވާނީ ނަންބަރު 3324415 ފޯނާއެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ބަލާނީ މަސައްކަތުގެ ތަޖުރިބާ އާއި ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތަކަށެވެ.  

04 ސެޕްޓެންބަރު 2014