ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2014/503
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 11 ސެޕްޓެންބަރު 2014 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު: 15,246.00  ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު: 6,534.00 ރ

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީ

ރޭންކް:

3

ދާއިރާ:

އިލެކްޓްރިކަލް އިލެކްޓްރޯނިކްސް

މަޤާމުގެ ޝަރުޠު:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ މިއާ އެއްފެންވަރުގެ ތަޢުލީމާއި ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެކްޗަރަރގެ މަޤާމުގައި 6 އަހަރު ދުވަސް ހޭދަކޮށްފައިވުން.

 

ސީނިއަރ ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50 ރ

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީ

ރޭންކް:

2

ދާއިރާ:

އިލެކްޓްރިކަލް އިލެކްޓްރޯނިކްސް

މަޤާމުގެ ޝަރުޠު:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދަތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 10 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ކިލާސްތަކުގައި ކިޔަވައިދިނުން. ޓިއުޓޯރިއަލް އާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަން ތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ ކޯސް ނިމުނު ގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން. އެސައިންމަންޓާއި އިމްތިޙާނު ކަރުދާސްތައް ހަދައި މާކްސްތައް ތައްޔާރުކުރުން. ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯމަންސް މޮނިޓަރކޮށް މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރު ކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

(ހ) އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙު ކުރުން.

(ށ) ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

(ނ) މާއްދާތަކުގެ އިމްތިޙާނު ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމައި ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ނިންމުން.

(ބ) ޕާރޓްޓައިމް ލެކްޗަރަރއިން ދެއްވާ މާއްދާތަކާއި އިމްތިޙާނު ދިނުމާއި ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ނިންމުން.

(ޅ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.

(ކ) ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައާއި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.

(އ) ފެކަލްޓީގެ ކަންތައްތައް ރަނގަޅު ކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަ ގޮތުންވެސް މަސައްކަތް ކުރުން.

  • ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން އެކުވެރިކަމާއެކު މަސައްކަތަށް ފަސްނުޖެހޭ ޕްރޮފެޝަނަލް ރޫހެއްގައި މަސައްކަތް ކުރުން
  • އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމު ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
  • ކޯސް ކޯޑިނޭޓް ކުރުމާއި މާއްދާ ކޯޑިނޭޓްކުރުން. ފެކަލްޓީ އަދި ޑިޕާޓްމަންޓުގެ ބައްދަލުވުން ތަކުގައި ބައިވެރިވުމާއި ކޮމިޓީ ތަކުގައި ބައިވެރިވުން.
  • މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީއިން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
04 ސެޕްޓެންބަރު 2014