ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2022/147
ޕަބްލިޝްކުރި ތާރީޚް: 03 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 29 އެޕްރީލް 2022 00:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - 1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާބެހޭ

އިޢުލާން

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާބެހޭ

 

            މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1443 ވާ އާދިއްތަ ދުވަހުން ފެށިގެން 28 ރަމަޟާން 1443 ވާ ހުކުރު ދުވަހުގެ ނިއަލަށް އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސްތަކުން އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. މި ގޮތަށް ފައިސާ ދައްކަވާ ފަރާތްތަކުން ފައސާ ދެއްކެވުމަށްފަހު އެއަވަށެއްގެ އަވަށުއޮފީހުގެ ވައިބަރ ނަންބަރަށް ސްލިޕް ފޮނުވުމުން ރަސީދު ލިބިވަޑައިގަންނަވާނެއެވެ. ރަސްމީގަޑީގެ ފަހުން ފައިސާޖަމާކުރުމަށްފަހު ސްލިޕް ފޮނުވާ ފަރާތްތަކަށް ރަސީދު ލިބިވަޑައި ގަންނަވާނީ ޖެހިގެން އަންނަ ރަސްމީދުވަހުގެ ރަސްމީގަޑީގައެވެ.ފިޠުރު ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

1443 ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރ  )ބާރަ ރުފިޔާ )

2

ތައިލެންޑް ހުދު ހަނޑޫ

77ރ  (ހަތްދިހަ ހަތް ރުފިޔާ)

3

ރަތް ހަނޑޫ

72ރ (ހަތްދިހަ ދެރުފިޔާ)

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77ރ (ހަތްދިހަ ހަތް ރުފިޔާ)

5

ބާސްމަތީ ހަނޑޫ (މޮޅު)

90ރ (ހަތްދިހަ ހަތް ރުފިޔާ)

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

132ރ (ސަތޭކް ތިރީސް ދެ ރުފިޔާ)

7

އާދައިގެ ފުށް

12ރ (ބާރަ ރުފިޔާ)

8

އާޓާ ފުށް

75 ރ (ހަތްދިހަ ފަސް ރުފިޔާ)

 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ޓްރާންސްފަރ ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް އެކައުންޓަށެވެ.

އެކައުންޓް ނަންބަރ: 7708700341004

އެކައުންޓް ނަން:  1277-Kharadhu 2

ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރި/ޓްރާންސްފަރ ކުރި ސްލިޕް އެ މީހަކު ހިމެނޭ އަވަށެއްގެ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ގޭގެ ނަން ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.

#

އަވަށް

ވައިބަރ ނަންބަރ

1

ހިތަދޫ އަވަށް

7905003

2

މަރަދޫ އަވަށް

7360024

3

މަރަދޫ ފޭދޫ އަވަށް

7360030

4

ފޭދޫ އަވަށް

7360031

5

ހުޅޫދޫ އަވަށް

7360032

6

މީދޫ އަވަށް

7360034

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ރަމަޝާން  1443

03 އެޕްރީލް   2022

03 އެޕްރީލް 2022