ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/57
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 07 އޭޕްރިލް 2022 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ގްރޭޓަރ މާލެ ރީޖަން

ބޭނުންވާ ޢަދަދު:

03

މުސާރަ:  

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑީސަލް އިންޖީނުތަކާއި ފެންޕްލާންޓާއި އަދި އެއާއި ގުޅޭ އެހެނިހެން ތަކެތި އޮޕަރޭޓްކުރުމާއި މަރާމާތްކޮށް ބެލެހެއްޓުން
  • އިންޖީނުގޭގެ އެންމެހާ އިމާރާތްތަކާއި ތަންތަން މަރާމާތުކުރުމާއި އެތަންތަން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސާފުތާހިރުކޮށް ބެލެހެއްޓުން
  • އިންޖީންރޫމްގައި ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޑިއުޓީކޮށް ރަށަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ޑިއުޓީގައި ކުރަންޖެހޭ މަސައްކަތް ފަރުވާތެރިކަމާއެކު ޝިފްޓް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން
  • މަސައްކަތައް ބޭނުންކުރާ ތަފާތު އާލާތްތައް މީހުންނަށާއި ތަކެއްޗަށާއި ތަނަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމާއެކު ބޭނުންކުރުމާއި މަސައްކަތް ނިމުމުން އެ ތަކެތި ސާފުކޮށް ބަހައްޓަން ހަމަޖެހިފައިވާ ތަނެއްގައި ބެހެއްޓުން
  • މަސައްކަތް ނިމުމުން މަސައްކަތް ކުރި ސަރަޙައްދާއި ތަކެތި ސާފުކުރުން
  • ރަށުން ކަރަންޓް ކެނޑޭ ހާލަތްތަކުގައި، އިންޖިނިއަރުންގެ އިރުޝާދު ދަށުން ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  • އިންޖީނުގެއިން ނުވަތަ ކުންފުނިން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކުންނާއި ވަޒީފާގައި ކުރުމަށް ހަވާލު ކުރެވޭ މަސައްކަތްތަކުން އިންޖީނުގޭގެ މެއިންޓަނަންސް މަސައްކަތްތަކާއި އޮޕަރޭޝަން މަސައްކަތް ދަސްކުރުން
  • އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކުރާ ފަރާތުން ގެންނަ ޑީސަލް، ޑީސަލް ރައްކާކުރާ ޓޭންކްތަކަށް ހުސްކުރުމާއި ރެކޯރޑްސް ފުރިހަމަކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

07 އެޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 07 އެޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv   ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

28 ޝަޢުބާން 1443 

31 މާރިޗު   2022

31 މާރިޗު 2022