ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/56
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 07 އޭޕްރިލް 2022 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

  • މާލެ ޕަވަރހައުސް
  • އައިލެންޑް ޕަވަރހައުސް

ބޭނުންވާ ޢަދަދު:

02

މުސާރަ:  

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ނުވަތަ؛
  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މުވައްޒަފުންގެ ހާޟިރީ ރިޕޯރޓް ހެދުމާއި އެޕްރައިޒަލް ފޯމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
  • ޑިޕާރޓްމަންޓްތަކަށް ފޮނުވަން ޖެހޭ މެމޯ އާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން.
  • މުދާ ނެގުމަށް ބޭނުންވާ ރިކުއެސްޓް ތައްޔާރުކުރުމާއި ހަދަންޖެހޭ ސަރވިސް އޯޑަރފޯމް ހެދުން.
  • ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކުގެ ރިޕޯޓް ތައްޔާރުކޮށް ބިލްތަކާއިއެކު ކަމާއިބެހޭ ފަރާތްތަކަށް ހަވާލުކުރުން.
  • ޑިޕާރޓްމަންޓްގެ މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކަށް އެފަރާތްތަކަށް ލިބިދޭންޖެހޭ އެލަވަންސް ހޯދުމަށް ކަމާއިބެހޭ ފަރާތްތަކަށް ފޯމު ހުށަހެޅުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ އައު މަޢުލޫމާތު އެއްކޮށް ތައްޔާރުކުރުން.
  • ޑިޕާރޓްމަންޓްގެ އިދާރީ މަސައްކަތްތައް ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

28 ޝައުބާން 1443

31 މާރިޗު   2022

31 މާރިޗު 2022