ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ޏ.ފުވައްމުލައް ފިހާރައަށް ބަސްތާ އަދި ޖަމްބޯގައި ގެންދެވޭ މުދާ (ހިލަ، ހިލަވެލި އަދި ސިމެންތި) ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 07 އޭޕްރިލް 2202، ވަނަ ދުވަހު 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected]އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުވައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
- މި މަސައްކަތުގެ އިޢުލާން ނަންބަރު:
- ކުންފުނި/ ވިޔަފާރީގެ ނަން:
- ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:
ނޯޓް: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 07 އޭޕްރިލް 2022 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އޭޕްރިލް 10 2022 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ޏ.ފުވަމުލަށް ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 12 އޭޕްރިލް 2022 ވަނަ ދުވަހުގެ 1100 ގެ ކުރިން [email protected] އީމެއިލް އަށް ފޮނުވަންވާނެއެވެ. އަދި 13 އޭޕްރިލް 2022 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަން ހުށައެޅުން: ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 18 އޭޕްރިލް 2022 ވަނަ ދުވަހު 1100 އެވެ. ބީލަން ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެސްޓީއޯގެ [email protected] އީމެއިލް އަށެވެ. ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344262
އީމެއިލް:[email protected]