ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2022/47
|
ތާރީޚް: 30 މާރިޗު 2022
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
ރޭންކް: ޖީ.އެސް 3
|
ޢަދަދު
|
01
|
ސެކްޝަން: އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/4,465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/2,232/50 (މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ތަކުގެ ތެރެއިން، މުވައްޒަފާ ޙަވާލުކުރެވޭ މަޝްރޫޢުތައް، ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
- ޝަރުޢީ ދާއިރާގެ އިން ޢިމާރާތްތައްކުރުމާއި، ޖާގައިތުރުކުރުމާއި، މަރާމާތުކުރުމަށް ހުށަހެޅޭ ކޯޓު ތަކުގެ ތެރެއިން މުވައްޒަފާ ޙަވާލުކުރެވޭ މަޝްރޫޢުތަކަށް ބޭނުންވާ ކުރެހުންތައް، އޮޓޯކޭޑް ސްފްޓްވެއަރ ބޭނުންކޮށްގެން ތައްޔާރުކުރުން.
- ޝަރުޢީ ދާއިރާގެ އިން ޢިމާރާތްތައްކުރުމާއި، ޖާގައިތުރުކުރުމަށް އަދި މަރާމާތު ކުރުމަށް ހުށަހެޅޭ ކޯޓު ތަކުގެ ތެރެއިން މުވައްޒަފާ ޙަވާލު ކުރެވޭ މަޝްރޫޢުތަކަށް ބޭނުންވާ، އިންޖީނިއަރިންގ މަސައްކަތާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ބީ.އޯ.ކިއު، ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އައުޓުސޯސް ކުރަންޖެހޭ ޙާލަތުގައި، ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ޝަރުޢީ ދާއިރާގެ އިން ޢިމާރާތްތައްކުރުމާއި، ޖާގައިތުރުކުރުމާއި، މަރާމާތު ކުރުމަށް ހުށަހެޅޭ ކޯޓު ތަކުގެ ތެރެއިން މުވައްޒަފާ ޙަވާލު ކުރެވޭ މަޝްރޫޢުތަކަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުމަށް، ޓެންޑަރ ބޯޑަށް ފޮނުވުމަށް، ނުވަތަ ޕްރޮކިއުމަންޓް ސެކްޝަނަށް ފޮނުވުމަށް ނުވަތަ، ކައުންސިލުތަކަށް ފޮނުވުމަށް ނުވަތަ ކޯޓުތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި، އެފަދަ މަސްރޫޢުތައް، ކޮންޓްރެކްޓަރާއި ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ މަސްރޫޢުތަކުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
- މުވައްޒަފު ބަލަހައްޓަމުން ގެންދާ މަޝްރޫޢުތައް ހިންގުމަށްޓަކައި ބޭނުންވާ ސައިޓް އިންސްޕެކްޝަން ހެދުމަށް، ރައްރަށަށް ދަތުރުކުރަންޖެހޭ ޙާލަތުގައި ރައްރަށަށް ދަތުރުކޮށް އިންސްޕެކްޝަން ހެދުން.
- މުވައްޒަފު ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް އިންސްޕެކްޓްކުރުމަށް ރަށްރަށަށް ކުރާ ދަތުރުތަކާއި ގުޅިގެން އިންސްޕެކްޝަން ރިޕޯޓު ތައްޔާރުކޮށް، ސުޕަވައިޒަރުގެ ލަފާގެ މަތިން އޭގައި ފާހަގަކޮށްފައިވާ ކަންކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މުވައްޒަފު ބަލަހައްޓަމުންގެންދާ މަޝްރޫޢުތަކުގެ ޚަރަދު ކުރެވެމުންދާ ގޮތް ބެލުން އަދި ހަވާލުކުރެވޭ މަސައްކަތްތަކުގެ ބިލް ހުށަހެޅުމުން، ފައިސާ ދެއްކުމަށްޓަކައި ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މުވައްޒަފު ބަލަހައްޓަމުންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން އަންނަ ލިއުންތަކަށް، ވެރިއެއްގެ އިރުޝާދުގެ ދަށުން ޖަވާބުދީ އަދި އަޅަންޖެހޭ ފިޔަވުޅު އެޅުން.
- މީގެ އިތުރުންވެސް ވެރިއަކު ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.
|
ތަޢުލީމީ ރޮނގު
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- އާރކިޓެކްޗަރ / ބިލްޑިންގ ސާރވޭ / ސިވިލް އިންޖިނިއަރިންގ / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ޑިވެލޮޕްމަންޓް ސްޓަޑީޒް / ޕްރޮޖެކްޓް މެނޭޖްމަންޓް / ކުއަންޓިޓީ ސަރވޭއިންގ
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ސުންގަޑި
|
2022 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި،މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް:30 އިންސައްތަ
- މަސައްކަތުގެ ތަޖުރިބާ:10 އިންސައްތަ
- މަސައްކަތަށް ބޭނުންވާ ހުނަރަށް :10 އިންސައްތަ
- އިންޓަރވިއު:50 އިންސައްތަ
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
- ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
- ދިވެހިބަހުގެ ހަމަތަކާއި ޢުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަންހުރި ފަރާތަކަށްވުން.
- އޮޓޯކޭޑް ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
- ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަރުތުކުރެވޭނެފަދަ ސިއްޚީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އެކްސެލް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާގާށް ބެލޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|