މަސައްކަތް
ނަންބަރު: (IUL)459-A/1/2014/1007
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 09 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޓްރެއިނިންގއެއް ހިންގުމަށް

މިމިނިސްޓްރީގެ ފަރާތުން ޓްރެއިނިންގއެއް ހިންގުމަށް ހަމަޖެހިފައިވާތީ، މި ޓްރެއިނިންގއަށް ހޯލް އަދި ކޭޓަރިންގގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)459-A/1/2014/1006 (2014/08/28) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ ދެފަރާތުން ކަމުގައިވާތީ، މިއިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް އިޢުލާން ކުރަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014