މަސައްކަތް
ނަންބަރު: 153-FE/2014/15
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 04 ސެޕްޓެންބަރު 2014 10:30
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މުޤައްރަރު ލިޔާނެ ފަރާތެއް ހޯދުމާބެހޭ

މިފެކަލްޓީގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް "ރިސަރޗް މެތަޑްސް" ގެ ވާރކްޝޮޕް/ ސެސަންސްތަކެއް 1 މަސްދުވަހުގެ މުއްދަތަށް (15 ސެޕްޓެންބަރު 2014 އިން 15 އޮކްޓޫބަރު 2014) ހިންގަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިފެކަލްޓީގެ ނަންބަރު: FE/2014/11ފ(18 އޮގަސްޓު 2014) ގެ އިޢުލާނަށް އިޖާބަ ދެއްވާފައިވަނީ 02 ފަރާތުންކަމުން، އެ އިޢުލާން ބާޠިލުކޮށް، މިފެކަލްޓީގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް "ރިސަރޗް މެތަޑްސް" ގެ ވާރކްޝޮޕް/ ސެޝަންތަކެއް 1 މަސްދުވަހުގެ މުއްދަތަށް (15 ސެޕްޓެންބަރު 2014 އިން 15 އޮކްޓޫބަރު 2014) ހިންގަވައި ދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 04 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ސެޕްޓެންބަރު 2014ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

05 ޛުލްޤަޢިދާ 1435

31 އޮގަސްޓް 2014