ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2014/65
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 03 ސެޕްޓެންބަރު 2014 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ)

                                އިޢުލާން

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:  އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ)

މަޤާމުގެ ނަންބަރު: 229510

ރޭންކް: އެމް.އެސް. 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން: މުނިސިޕަލް ސަރވިސް

މުސާރަ: -/7,035 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ބޭނުންވާ ޢަދަދު:  1

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައްސޫލިއްޔަތުތަކާއި ޒިންމާތައް: 

  • ރަށުކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި މުނިސިޕަލް ސަރވިސް ސެކްޝަނާ ހަވާލުކުރާ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ކައުންސިލަށާއި ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.
  • މުނިސިޕަލް ސަރވިސް ސެކްޝަނަށް ލާމަރުކަޒީ ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް، ޒިންމާދާރުވެރިޔާގެ ލަފާގެމަތީން ސެކްޝަނުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  • ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން ކައުންސިލް އިދާރާއަށް ޙަވާލުކުރާ މުނިސިޕަލް ސަރވިސްގެ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުމާއި ޖަވާބުދާރީވުން.
  • ސަރުކާރުގެ އެކިއެކި މުވައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ހަލުވިކަމާއެކު ފޯރުވައިދިނުމަށް އިދާރާގެ މުނިސިޕަލް ސަރވިސް ސެކްޝަނާ ހަވާލުކުރާ މަސައްކަތްތައް ކުރާ ނުކުރާގޮތް ބަލައި، އެކަށީގެންވާ އަވަސް ފުރުސަތެއްގައި ޖަވާބުދާރީވުން.
  • ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދާއި، ކަށުނަމާދުގެ އިމާމުން ހަމަޖެއްސުމާއި، ޖަމާޢަތްތެރިކަމާބެހޭ އެންމެހައި ކަންތައްތައް އެކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރުވުން.
  • ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، ރަށުގެ މަގުތަކާއި ޕާކުފަދަ ޢާއްމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމުގެ މަސައްކަތް ކުރުން.
  • ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ކައުންސިލުން ނިންމަވާގޮތެއްގެމަތިން ކުރުވުން.
  • ރަށުގައި އުފެދިފައިވާ މަދަނީ ޖަމްޢިއްޔާތައް ހަރަކާތްތެރިކުރުވައި އެފަދަ ޖަމްޢިއްޔާތަކަށް ލިބިދޭންޖެހޭ އެހީތެރިކަންދީ، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީ އެކުލަވާލައި ބެލެހެއްޓުން.
  • އީދު ރޯދައަށް ހަނދުބެލުމަށްޓަކައި ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލް އިދާރާގައި ޑިއުޓީ އިންތިޒާމްކުރުން.
  • އެކަށީގެންވާ ރަށްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށުފެންވަރުގައި ކުނި ނައްތައިލުމުގެ މަސައްކަތް ކައުންސިލްގެ ލަފާގެމަތިން ކުރުވުން.
  • ބަނދަރު ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް، ކައުންސިލުން ނިންމަވާގޮތެއްގެމަތިން ބަލަހައްޓައި، މިތަންތަނުން ފޯރިކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކަރަންޓާއި ފެނާ،އި ފާޚާނާއާއި ނަރުދަމާ ނިޒާމުފަދަ ޢާއްމު ޚިދުމަތްތައް ކައުންސިލުން ނިންމަވާގޮތެއްގެމަތީން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، އެކި މުނާސަބަތުތަކާ ގުޅިގެން ރަށްޒީނަތްތެރިކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • ޚާއްޞަ ޙާލަތްތަކާ ގުޅިގެންނާއި، އިޖުތިމާޢީގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުމާއި،  ރަށުގެ އިޖުތިމާއީ ސަރަޙައްދުތަކާއި މަގުތަކާއި ގޯޅިތަކުގައި ޖަހާފައިހުރި މަގުބައްތިތައް ދިއްލައި ބެލެހެއްޓުން.
  • މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތަކާއި މަސްޢޫލިއްޔަތުތަކަށް ޒިންމާވާ މިންވަރު ބަލައި، ސުޕަވައިޒްކޮށް، އިސްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށް، ނަތީޖާ ނެރެވޭގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކުރުވައި، އެކަންކަން ރާވައި ހިންގުން.
  • ރަށުގެ މުނިސިޕަލް ދާއިރާގެ އެންމެހައި ކަންކަން ވިލަރެސްކުރުވައި،  އެ ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް، ސެކްޝަނުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް، އެފަރާތްތަކަށް ޖަވާބު ފޮނުވުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ސެކްޝަނުގެ މުވައްޒަފުންލައްވާ ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  • ރަށުގައިހުރި އާސާރީ ތަންތަނާއި ތަކެތި ޙިމާޔަތްކޮށް، އެފަދަ ތަންތަން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  • ރަށުގައި މަސްވެރިކަމާއި، ދަނޑުވެރިކަން އާލާކޮށް ދިރުވައި، މި ސިނާޢަތުގައި ޙަރަކާތްތެރިވާ މީހުންގެ ރެކޯޑް ބެލެހެއްޓުން.
  • ކަނޑުއުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓް ހަދައި ދޫކޮށް ރަށުގައި އަލަށް ބަންނަ އުޅަނދުފަހަރަށް މާވަޑިމީހާ ދޭ ސެޓްފިކެޓް ޗެކްކުރުން.
  • ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
  • ޕެސްޓް ކޮންޓްރޯލްކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • އެއްގަމުގައި ދުއްވާ އިންޖީނުލީ އުލަނދުފަހަރާއި، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އިންތިޒާމްކުރުން.
  • އެކި ބޭނުންތަކަށް މަގުކޮނުމުގެ ހުއްދަ ޤަވާޢިދާ އެއްގޮތަށް ދޫކުރުން.
  • ރަށުގެ ރައްޔިތުންގެ މެދުގައި ދީނީހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކައުންސިލުން ނިންމަވާގޮތެއްގެމަތިން  ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހިންގުން.
  • ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް 

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރައްވަން  ފަށްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނޭނެ ތާރީޚާއި ގަޑިއެއް،  ލިޔުމުން ފަހުންއަންގާނެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2014 ސެޕްޓެންބަރު 03 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުކަމުގައިވާ  www.csc.gov.mv ން ލިބެން ހުންނާނެ)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ސެޓްފިކެޓްތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500012 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500017 އެވެ. އީ މެއިލްކުރާނީ [email protected]  އަށެވެ.

                     29 ޝައްވާލް 1435

25 އޮގަސްޓް 2014