މަސައްކަތް
ނަންބަރު: 198-F/2022/38
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 28 މާރިޗު 2022 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ ފެން ޕަންޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ޑިޕާޓްމަންޓަށް ބޭނުންވާ ފެން ޕަންޕެއް ސަޕްލައިކޮށްދިނުމަށް ކޮންފައިވާ ނަންބަރު 198F/2021/131 (23 އޮގަސްޓް 2021) އިޢުލާނުގެ އިންސްޓޮލޭޝަން ހިމެނިފައި ނުވާތީ އެ ސްޕެސިފިކޭޝަން އިތުރުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2022 މާރޗް 24 ވަނަ ދުވަހުގެ 10:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.

ނޯޓް: ވެބްސައިޓުގައި މަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް ހާރޑް ކޮޕީ ޕްރިންޓްކޮށް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 28 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝައްވާލު 1443

19 މާރިޗު 2022