ނީލަން
                	
                ނަންބަރު: (IUL)389/389/2022/19
                    ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
                    ޕަބްލިޝްކުރި ގަޑި:  13:51
                                            ސުންގަޑި: 
                            25 މާރިޗު 2022 13:59
                        
                    
                ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ނީލަން ކިޔުން
                                
މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް ފެން ޕްލާންޓް ބަހައްޓާ ސައިޓުން ކަނޑާލާފައިވާ ރުއްގަސްތައް ނީލަންކިޔައި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަކެތި ނީލަން ކިޔުން އޮންނާނީ 25 މާރިޗް 2022 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް ފެން ޕްލާންޓް ބަހައްޓާ ސައިޓު ސަރަހައްދުގައެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ދެހާސް ރުފިޔާއެވެ. އަދި މި ނީލަމުގައި އަގަށް ފަހަރަކު އިތުރުކުރެވޭނީ ސަތޭކަ ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗް 2022 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އަށް ހިރިލަންދޫ ފެން ޕްލާންޓް ބަހައްޓާ ސައިޓަށް ވަޑައިގެންދެއްވުން އެދެމެވެ.
                17 މާރިޗު 2022