ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/MHCL/2022/1
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 18:42
ސުންގަޑި: 05 އޭޕްރިލް 2022 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

 

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލުން

މިކުންފުންޏަށް 1443 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، މިކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޙާއްސަކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓަގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މަތީގައި ދެންނެވުނު ގޮތުގެ މަތީން ޙާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލަމެވެ. ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 05 ވާ އަންގާރަ ދުވަހުގެ 14:00އެވެ.

 

 ޖާގަ ހަމަޖައްސައިދިނުމަށް އެދިލައްވާ ފަރާއްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ޖާގައަށް އެދޭ ފޯމް
  2. ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ސާފު ކޮޕީއެއް
  3. ތަޙައްމަލު ކުރަމުންދާ ބައްޔަކީ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއްކަން ބަޔާންކޮށް ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ 06 މަސްދުވަސް ހަމަނުވާ ލިޔުމެއް.
15 މާރިޗު 2022