ނޫސްބަޔާން
ނަންބަރު: (PR)203-ADMIN/1/2014/2
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 13:14
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކ. ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަދާ އެންވަޔރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) އާ ގުޅޭ

ކ. ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަދާ އެންވަޔރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) އާ ގުޅިގެން 2014 އޮގަސްޓު 24 ވީ އާދީއްތަ ދުވަހު ނަސަންދުރާ ޕެލަސްހޮޓަލް ގައި (އާއްމުންގެ ޚިޔާލު ހޯދަން) ބޭއްވުނު ޕަބްލިކް ހިއަރިންގ އާއި ގުޅިގެން 2014 އޯގަސްޓް24 އާދީއްތަ ދުވަހުގައި ހަވީރުނޫހުގެ ރިޕޯޓަރު ޙުސައިން ފިޔާޒު މޫސާ ލިޔުއްވާފައިވާ ލިޔުމުގައި ޝާޢިއު ކޮށްފައިވާ ލިޔުމުގެ ފޮޓޯގައި ކެޕްޝަން ލިޔުއްވާފައިވާ ގޮތުން އެ ފޮޓޯއިން ފެންނަ އެންމެންނަކީ މި މަޝްރޫޢު ކުރިއަށްގެންދާ ކުންފުނި ތަމްސީލުކުރާ މީހުންގެ ގޮތުގައި ލިޔުއްވާފައިވާތީ އެކަމުން ޢާންމުންނަށް އޮޅުންއަރާފައިވާކަން މިއޭޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ އީ.އައި.އޭ ގަވާއިދުގެ 13 ވަނަ މާއްދާގެ ކ ގެ ދަށުން ޢާންމުންގެ ޚިޔާލުހޯދުމުގެ ގޮތުން ބޭއްވުނު އަޑުއެހުމެއްކަމުން އެ އަޑުއެހުން ކުރިއަށް ގެންދެވިފައިވާ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ)ގެ ބޭފުޅުން ބައިވެރިވެގެން ކަމުގައިވެސް ދެންނެވީމެވެ. މި އަޑުއެހުންވެސް އަދި މި މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތުގެ ތެރޭގައި ހިނގާ އެއްވެސްކަމެއްގައި، މި އޭޖެންސީން ވަކި އަތަކަށް ޖެހިފައި ނުވާނެކަމުގައި ދަންނަވަމެވެ.

24 އޮގަސްޓް 2014