|
ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
ފޯރމަން
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސް.އެސް 3 / ސަޕޯޓް ސްޓާފް ގްރޭޑް 3
|
|
ބޭނުންވާ އަދަދު
|
01
|
|
ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ޔުނިޓް
|
ކޯޕަރޭޓް ސެކަޝަން / ޕަބްލިކް ވަރކްސް ސަރވިސަސް / ފައިނޭންސް ޔުނިޓް
|
|
މަޤާމު ނަންބަރު
|
250755
|
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ: -/3,875 ރ.
ސަރވިސް އެލަވަންސް: -/1,000 ރ
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.)
|
|
ޝަރުޠު
|
1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީހުގެ ފަރާތުން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ބިލްތައް އެ އޮފީސްތަކަށް ރައްދުކުރުން.
- އޮފީހުގެ ފަރާތުން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ އެހެނިހެން ލިޔުންތައް އެ އޮފީސްތަކަށް ރައްދުކުރުން.
- އެހެނިހެން ޔުނިޓްތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ޔުނިޓުގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މީގެ އިތުރުން ކުރަންޖެހުނު އޮފީހުގެ ކޮންމެ ކަމެއް ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
1. ތަޢުލީމާއި ތަމްރީނު.
2. މަސައްކަތުގެ ތަޖުރިބާ.
3. އިންޓަވިއު.
5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
6. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
|
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (އަމީނީމަގު، މާފަންނު / މާލެ)
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
|
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ ސެޕްޓެންބަރު - އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައި މި ސަރވިސަސް ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
|
30 ޝައްވާލު 1435
|