ދިވެހިރާއްޖެ
މި ހިނގާ 1443 ވަނަ އަހަރުގެ ރަމަޟާން މަހަށް މިރަށުގެ ބައެއް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މަސްޖިދުލް އީމާނީގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި
| 1 | މިސްކިތު ކުލަލުން |
| 2 | މިސްކިތު ބޭރު ފާރުގައި ކުލަލުން |
| 3 | ބައެއް އެލްމިނިޔަމް ދޮރުތައް މަރާމާތު ކުރުން |
| 4 | ފާހަނާ މަރާމާތު ކުރުން |
| 5 | މިސްކިތު އެތެރެ އާއި ބޭރު ލައިޓް ބަދަލުކުރުން |
| 6 | ފާހާނާގެ ފިޓިންގްސް ބަދަލުކުރުން |
| 7 | މިސްކިތުގެ މުންނާރު ދިއްލުން |
| 8 | ފެންކޫލަރ |
މަސްޖިދުއް ނޫރުލް އީމާނީގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:
| 1 | މިސްކިތު ކުލަލުން |
| 2 | މިސްކިތު ބޭރު ފާރުގައި ކުލަލުން |
| 3 | ފެންކޫލަރ |
މަސްޖިދުލް ޒިކްރާގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:
| 1 | މިސްކިތު އެތެރެ ލައިޓް ބަދަލުކުރުން |
| 2 | މިސްކިތު ބޭރު ފާރުގައި ކުލަލުން |
| 3 | ފެންކޫލަރ |
ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:
| 1 | މިސްކިތު އެތެރެ ލައިޓް ބަދަލުކުރުން |
| 2 | މިސްކިތު ބޭރު ފާރުގައި ކުލަލުން |
| 3 | ފެންކޫލަރ |
ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް އަދި މަރާމާތު ހިލޭ ސާބަހަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މަރާމާތާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ނަންބަރު: 9908888 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އެކައުންޓް ނަންބަރ: 7710700308004 (1473 HARADHU 02 ) އަށް ފައިސާ ޖަމާކޮށް ދެއްވުމަށް ދަންނަވަމެވެ. އަދި ފައިސާ ޖަމާކުރައްވާނަމަ ރިމާކްސް ގައި " މިސްކިތު ފަންޑް " ޖައްސަވާލެއްވުމަށްފަހު ސްލިޕްކޮޅު މި އިދާރާގެ ނަންބަރ: 7555751 އަށް ވައިބާ ކުރެއްވުމަށް ދެންނެވީމެވެ. މި ފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލްއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.