- ޓްރާންސްޕޯރޓް ޚިދުމަތްތަކާއި ގުޅިގެން ޓްރާންސްޕޯރޓް އޮތޯރިޓީއަށް ލިޔަންޖެހޭ ސިޓީ މެސެޖްފަދަ ތަކެތި ލިޔުމާއި، ޓްރާންސްޕޯރޓް ޚިދުމަތާއި ގުޅިގެން އޮފީހަށްލިބޭ އެންމެހާ ލިޔެކިޔުންތަކަށް ޖަވާބުދިނުން.
 
- އެއްގަމާއި ކަނޑުގެ ލައިސަންސް ހެއްދުމަށް ބޭނުންވާ އެޕްލިކޭޝަންތައް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުން.
 
- އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޚިދުމަތާއި ގުޅިގެން ޓްރާންސްޕޯރޓް އޮތޯރިޓީއިން ނަގަންޖެހޭ ހުއްދަތައް ނެގުން.
 
- އަތޮޅުގެ ރަށްރަށުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން އެއްގަމާއި ކަނޑުގެ ލައިސަންސް ދިނުމުގެ އިންތިޒާމީތައް ހަމަޖެއްސުން.
 
- އެއްގަމާއި ކަނޑު އުޅަނދުފަހަރު ލައިސަންސް ދިނުމަށް ބާއްވާ ތިއަރީ އަދި ޕްރެކްޓިކަލް އިމްތިހާނު ބޭއްވުމުގެ އިންތިޒާމްތައް ދުވަހުން ދުވަހަށް ހަމަޖެއްސުމާއި، އިމްތިހާނު ހިނގާ ނުހިނގާގޮތް މޮނިޓަކޮށް ބެލެހެއްޓުން.
 
- އެއްގަމު ވެހިކަލްގެ ރޯޑްވާރދިނަސް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ޗެކްކުރުމަށްފަހު ބަލައިގަތުމާއި، ރޯޑްވާދިނަސް ސްޓިކަރ ހަދައިދިނުން.
 
- ރޯޑްވާރދިނަސް ހުއްދައަށް އެދޭ ގަރާޖްތައް އިންސްޕެކްޓް ކުރުމާއި، އިންސްޕެކްޝަން ރިޕޯރޓް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ފޮނުވުމާއި، ހުއްދަދީފައިވާ ގަރާޖްތައް މޮނީޓަރ ކުރުން.
 
- ރޯޑްވާރދިނަސްއަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ސިސްޓަމްއަށް އެންޓަރ ކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
 
- އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު އަލަށް ރަޖިސްޓްރީކުރުމަށާއި، ވެރިފަރާތް ބަދަލުކުރުމަށް އަދި ޒޯން ބަދަލުކުރުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުމާއި، މިކަންކަމާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
 
 
10. ރަޖިސްޓްރީ ހަދައިދިނުމުގެ ޚިދުމަތާއި ގުޅޭގޮތުން އެކި ފަރާތްތަކުން ފޮނުވާ ސިޓީ، ނޯޓު ފަދަ ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 
11. އޮޑީ ނަމްބަރ ހެއްދުމަށް ބޭނުންވާ އެޕްލިކޭޝަންތައް ބަލައިގަތުމާއި، އެފަރާތްތަކަށް އޮޑީ ނަމްބަރ ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން 
12. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަތުން. 
13. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ސަރވޭކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް ޤަވާއިދާއި އެއްގޮތަށް ސާރވޭ ކުރުން. 
14. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ސަރވޭކުރުމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ޤަވާއިދާއި އެއްގޮތަށް ދުވަހުން ދުވަހަށް ފައިލްކުރުން. 
15. ޑްރައިވިންގ އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓްތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން. 
16. ޓްރާންސްޕޯރޓް ޚިދުމަތާއި ގުޅިގެން އިދާރާއަށް ބަލައިގަންނަން ޖެހޭ ފައިސާ ބަލައިގަތުން. 
17. ދުވަހުގެ މަސައްކަތް ނިންމާއިރު،  އެދުވަހު ބަލައިގަނެވުނު  ފައިސާގެ ޢަދަދު ހަމަކޮށް ބަޖެޓް ޔުނިޓާއި ދުވަހުން ދުވަހަށް ޙަވާލުކުރުން. 
18. ޓްރާންސްޕޯރޓް ޚިދުމަތްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯރޓްތައް ހެދުން. 
19. ޓްރާންސްޕޯރޓް ޚިދުމަތްތަކާ ބެހޭ އެންމެހައި ޑޮކިއުމެންޓްސްތައް ދުވަހުން ދުވަހަށް ފައިލްކުރުން.  
20. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 
21. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 
22. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ، އެހެން ސެކްޝަނެއް/ ޔުނިޓެއްގެ މަސައްކަތްތަ ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން 
 |