ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމަށް މުވައްޒަފުން ބޭނުންވެއެވެ.
|
|
|
މަގާމު |
ވޮޗަރ / ޕްރެޒިޑެންޝަލް ގާރޑްސް |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މުސާރަ |
މަހަކު 4,000.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 1,000.00 ރުފިޔާ |
މިނިމަމްވޭޖް އެލަވަންސް |
މަހަކު 1,080.00 ރުފިޔާ |
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މާލެ، |
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު |
1- ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ހުނަރު/ތަޖުރިބާ ހުރުން. ނުވަތަ، 2- މަގާމާގެ މަސައްކަތުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
1- ރިޔާސީފްލީޓުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން. 2- ވަންނަ މީހުންނާއި ނުކުންނަމީހުން ރަނގަޅަށް ބަލާ ފާސްކުރުން. 3- އެތެރެއަށް ވައްދާ ތަކެއްޗާއި ބޭރުކުރެވޭތަކެތި ބަލާ ފާސްކުރުން. 4- ރިޔާސީ ފްލީޓްގެ އިމާރާތާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން. |
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2022 މާރިޗު 8 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |