ދިވެހިރާއްޖެ
މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހުގެ ‘Customs 11’ ލާންޗު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2022/18 (15 ފެބުރުވަރީ 2022) އިޢުލާނަށް ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 08 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލްއަށް 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ.