ކުއްޔަށް ހިފުން
ނަންބަރު: KFM-I/2014/41
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 01 ސެޕްޓެންބަރު 2014 11:00
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
އުޅަނދު ކުއްޔަށް ހިފަން

             ގއ. ގދ. އަތޮޅުގައި ފެރީގެ ގޮތުގައި ބޭނުންކުރުމަށް 2 އުޅަނދު އަމިއްލަ މުވައްޒަފުންނާއެކު 6 މަސްދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.

           މިގޮތުން ކުއްޔަށް ދޫކުރާ އުޅަނދުތަކަކީ މަދުވެގެން 100 މީހުންނަށް އިށީނދެތިބެވޭ، ފާޚާނާހުރި އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސާމާނު ހަމަޔަށްހުރި ސަލާމަތީ ސެޓުފިކެޓު އޮތް އުޅަނދު ފަހަރަށް ވާންވާނެއެވެ.

           ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާ އުޅަނދުފަހަރު ކުއްޔަށްދޭން ބޭނުންވާ ފަރާތްތަކުން ކުއްޔަށްދޫކުރާ ދޯނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ފޮޓޯ ހިމެނޭގޮތަށް  ބަޔާންކޮށް މިކުންފުނީގެ މާލޭއޮފީހަށް 01  ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7973353 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

           24 ޝައްވާލު 1435

20 އޮގަސްޓް 2014