މަސައްކަތް
ނަންބަރު: 60-PRO/2022/78
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 13 މާރިޗު 2022 14:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯގެ ފިހާރަތަކަށް މުދާ ގެންގޮސްދޭނެ ފަރާތެއް (2 ދޯނި) ހޯދަން ބޭނުންވެއްޖެ

އެސްޓީއޯއަށް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ތިރީގައި މިދަންނަވާ ބޭނުމަށް، 2 (ދޭއް) ދޯނި ހޯދަން އިޢުލާން ކުރަމެވެ.

 

1. ކަނޑުމަގުން މާލެ ސަރަހައްދުގެ އެސްޓީއޯ ފިހާރަތަކަށާއި، ރަށްރަށަށް ކޮންސްޓްރަކްޝަން އައިޓަމްސް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް އެހެނިހެން މުދާ ގެންގޮސްދިނުން

  • އުޅަނދުގެ ބާވަތް:

ލަކުޑި ނުވަތަ ފައިބަރު

  • އުޅަނދު ލޯޑިންގ ކެޕޭސިޓީ:

މަދު ވެގެން 150 މެޓްރިކްޓަނު

                   

2. ކަނޑުމަގުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މުދާ ގެންގޮސްދިނުން

  • އުޅަނދުގެ ބާވަތް:

ލަކުޑި ނުވަތަ ފައިބަރު

  • އުޅަނދު ލޯޑިންގ ކެޕޭސިޓީ:

މަދު ވެގެން 200 މެޓްރިކްޓަނު

 

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ބޭނުންވާ ދޯނީ ގެ އަދަދު:

02 (ދޭއް) 

ނޯޓު: ބިޑުގައި ބައިވެރިވާ ފަރާތްތަކަށް 1 (އެކެއް) ނުވަތަ 2 (ދޭއް) ދޯނި އަށްވެސް ހުށަހެޅިދާނެއެވެ. ނަމަވެސް ބިޑު ހުށަހަޅަންވާނީ ކޮންމެ ދޯންޏަކަށް ވަކިވަކިންނެވެ. އަދި އިވެލުއޭޓް ކުރެވޭނީވެސް ކޮންމެ ބިޑެއް ވަކިވަކިންނެވެ.

 

މަސައްކަތުގެ ވެރިފަރާތް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

 

ރަޖިސްޓަރީ ކުރުން:

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 މާރޗް 03 ވާ ބުރާސްފަތި ދުވަހު 1400 ގެ ކުރިން  ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

އީމެއިލް:[email protected]

 

ބީލަންކަރުދާސް ދޫކުރުން:   

ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 މާރޗް 03 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

ސުވާލާއި ޖަވާބު:

ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2022 މާރޗް 06 ވާ އާދިއްތަ ދުވަހުގެ 1400  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2022 މާރޗް 07 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:

ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2022 މާރޗް 13 ވަނަ ދުވަހު 1400ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ފޮނުވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަމެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:    3344321،  

އީމެއިލް: [email protected]

 

24 ފެބުރުވަރީ 2022