ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TCL/IUL/14/1013
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 07 ސެޕްޓެންބަރު 2014 13:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލް ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން

މި ކުންފުންޏަށް ތިރީގައި ތަފުސީލު ކުރެވިފައިވާ ވެހިކަލް ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

.No

Description

Weight

Qty

UoM

Condition

1

Road Roller

Between 3 to 5Tons

01

Nos

Reconditioned / Second Hand

 

 

 

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

10 ދުވަސް(ރަސްމީ)

25 އޮގަސްޓު 2014 އިން 07 ސެޕްޓެންބަރު 2014

08:30 އިން 13:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

08 ސެޕްޓެންބަރު 2014

09:00 އިން 13:00

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

18 ސެޕްޓެންބަރު 2014

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

 30 ސެޕްޓެންބަރު 2014

10:30 ގައި

  • ބީލަން ފޮތުގެ އަގަކީ 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 1,500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 60 ދުވަހެވެ.
  • ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން  ބޭންކް ގެރެންޓީއެއް  ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ (ފަނަރަ އިންސައްތަ އަށްވުރެ ބޮޑު ނުވާގޮތަށް) ހަމަޖެހޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  •  އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ.

  • ހުށަހަޅައިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.

  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014